އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭ މެޗަށް ލަމީން އާއި އޮޔަރޒަބަލް އަންނާނެ – ސްޕެއިންގެ ކޯޗު

ނޭޝަންސް ލީގުގައި އަންނަ އާދީއްތަ ދުވަހު އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭ މެޗުގައި ސްޕެއިންގެ ފޯވާޑް ލަމީން ޔަމާލް އަދި މިކޭލް އޮޔަރޒަބަލް ޓީމާ ގުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނެފި އެވެ.

މި ދެ ކުޅުންތެރިންނަށް ބުރާސްފަތި ދުވަހު ޗެކް ރިޕަބްލިކް އަތުން 2-0 އިން ސްޕެއިން މޮޅުވި މެޗުގައި އަނިޔާގެ ސަބަބުންނާއި އަމިއްލަ ސަބަބުތަކާ ހުރެ ކުޅެފައެއްނުވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލަމީން ބާސެލޯނާގައި މަޑުކުރީ ކަކުލަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށެވެ.

ސްޕެއިންގެ ޓީވީ ޗެނަލެއް ކަމަށްވާ ”ލާ 1“ އަށް މައުލޫމާތު ދެމުން ޑެލަ ފުއެންޓޭ ބުނީ ލަމީންގެ ހާލަތު މިހާރު ވަރަށް ރަނގަޅު ކަމަށާއި މާދަމާ ޓީމާ ގުޅުމަށް އޭނާ ހުރީ ވަރަށް ބޮޑަށް އުންމީދުކޮށްގެން ކަމަށެވެ.

އޮޔަރޒަބަލް ސެން ސެބަސްޓިއަންގައި މަޑުކުރީ އޭނާގެ ދެވަނަ ދަރިފުޅު އުފަންވި ވަގުތު އާއިލާ ކައިރީގައި ހުރުމަށެވެ.

ހުކުރު ދުވަހުގެ އިރުއޮއްސޭ ވަގުތު އޮންނަ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެކަން ކޯޗު ވަނީ ކަށަވަރުކޮށްދީފަ އެވެ.

”މިކޭލް ވެސް ބައިވެރިވާނެ. އެކަކު މެންދުރުގެ ވަގުތެއްގައި އަންނައިރު އަނެކަކު އަންނާނީ އޭގެ ކުޑައިރުކޮޅެއް ފަހުން. ނަމަވެސް މާދަމާ ދެ ކުޅުންތެރިންވެސް ތިބޭނީ އަހަރެމެންނާއެކު،“ ކޯޗު ބުންޏެވެ.

ލީގު އޭގެ ގްރޫޕް 3 ގައި ސްޕެއިން އޮތީ އިނގިރޭސިވިލާތަށްވުރެ ތިން ޕޮއިންޓް ކުރީގަ އެވެ.

ކުރިއަށް އޮތް މެޗުން އެއްވަރުވިޔަސް ނުވަތަ މޮޅުވިޔަސް ސްޕެއިނަށް ގްރޫޕުގެ އެއްވަނަ ކަށަވަރުވާނެ އެވެ.

މިހާރުވެސް މި ދެ ޓީމު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.