ޚަބަރު ފީތާ

ޖީ.އެސް.ޓީގެ ބޭނުމަށް ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސްގެ ސަރަހައްދު ކަނޑައަޅާގޮތް ބަޔާންކޮށްފި

ޖީ.އެސް.ޓީގެ ބޭނުމަށް ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސްގެ ސަރަހައްދު ކަނޑައަޅާގޮތް ބަޔާންކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ގެ ބޭނުމަށް ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގެ ސަރަހައްދު ކަނޑައެޅުމުގައި ބަލާނީ ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ނުވަތަ އެހެން ލިޔުމަކަށް ކަމަށެވެ.

1 ޖަނަވަރީ 2017 އިން ފެށިގެން ޢަމަލުކުރާގޮތަށް ހަމަޖައްސާ މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގައި ވާގޮތުން ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގެ ސަރަހައްދުގެ ތެރޭގައި ހިންގާތަނަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް ހިމެނޭނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ ތެރޭގައެވެ.

އަދި އެ ސަރަހައްދުން ބޭރުގައި ހިންގާ ތަންތަނުން ވިއްކާ މުދަލާއި ދޭ ޚިދުމަތްތައް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ގެ ތެރެއަކު ނުހިމެނޭނެއެވެ.

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ މިހާރު ނަގަނީ 12 އިންސައްތައިގައެވެ. އަދި ޓެކްސް ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުންނެވެ. ނަމަވެސް ޢާންމު ދާއިރާގެ ޖީ.އެސް.ޓީ ނަގަނީ 6 އިންސައްތައިގައެވެ. އަދި ޓެކްސް ދައްކަން ޖެހެނީ ދިވެހި ރުފިޔާއިންނެވެ.

 

Rate this post