ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާއެއްޗެހިތަކެއް އަތުލައިގެންފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގި އޮޕަރޭޝަންތަކެއްގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާއެއްޗެހިތަކެއް އަތުލައިގެންފިއެވެ.

މިއީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން 29 އޮކްޓޯބަރާއި 21 ނޮވެމްބަރު އއަދި 23 ނޮވެމްބަރު 2016 ވަނަ ދުވަހު އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގާފައިވާ ތަފާތު 03 އޮޕަރޭޝަނެއްގައި އަތުލައިގަންފައިވާ ތަކެއްޗެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އިންޑިޔާއިން ރާއްޖެއައި ދިވެހި އަންހެނެއްގެ ފޮށިތަންމަތި ކަސްޓަމްސް އޮފިސަރުން ސްކޭންކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފޮރުވާފައި ހުރިކަމަށް ބެލެވޭތީ އިތުރަށް ބަލާފާސްކުރުމުން އޭނާގެ ލަގެޖުން 1 ޕެކެޓް މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މި ފެނުނު ތަކެތީގެ ބަރުދަނުގައި 1.032 ކިލޯގްރާމް ހުރި އިރު، އެތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝްއޮއިލްއަށް ޕޮޒިޓިވް ވެފައެވެ.

އަދި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އިންޑިޔާއިން ރާއްޖެއައި ދިވެހި އަންހެނެއްގެ ފޮށިތަންމަތި ކަސްޓަމްސް އޮފިސަރުން ބަލާފާސްކުރުމުގެ ތެރޭގައި އެނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން 5 ޕެކެޓް މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި ތަކެތީގެ ބަރުދަނުގައި 2.74 ކިލޯގްރާމް ހުއްޓެވެ. އަދި މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝްއޮއިލްއަށް ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ލަންކާމަގުން ދުބާއީއިން ރާއްޖެއައި ދިވެހި ފިރިހެނެއްގެ ފޮށިތަންމަތި ކަސްޓަމްސް އޮފިސަރުން ސްކޭންކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފޮރުވާފައި ހުރިކަމަށް ބެލެވޭތީ އިތުރަށް ބަލާފާސްކުރުމުން އޭނާގެ ލަގެޖުން 02 ޕެކެޓް މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ބަރުދަނުގައި 3.142 ކިލޯގްރާމް ހުރި މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝްއޮއިލްއަށް ޕޮޒިޓިވް ވެފައެވެ.

ހަމަމިއާއެކު މި މަސްތުވާތަކެއްޗާއި ގުޅުންހުރި ފަރާތްތައް ދެނެގަނެ އެފަރާތްތައް ހައްޔަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައިވާ އިރު، މި އޮޕަރޭޝަންގައި މި މަސްތުވާތަކެއްޗާއި ހަވާލުވުމަށްއައި ޢުމުރުން 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ވަނީ މި މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައެވެ.

މި ތިން ކޭސްގައި މަސްތުވާތަކެތި އެތެރެކޮށްފައިވާ މީހުންނާއި އެމީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށް، ފުލުހުން މިހާރުދަނީ މިމައްސަލަތައް އިތުރަށް ތަޙްޤީގް ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.