ޚަބަރު ފީތާ

ފާއިތުވި 3 އަހަރު ދުވަހު އެސްޓީއޯއަށް ލިބިފައިވާ ކާމިޔާބީ ފާހަގަކޮށްފި

ފާއިތުވި 3 އަހަރު އެސްޓީއޯއިން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ހަފުލާއެއް ބާއްވައިފިއެވެ.

އެގޮތުން ބޭއްވި މި ހަފުލާގައި ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނި ތަކުގެ ވެރިންނާއި އެސްޓީއޯގެ ބޯޑް ޑިރެކްޓަރުންނާއި މެނޭޖްމަންޓް އަދި މުއައްޒަފުން ބައިވެރިވިއެވެ.

މިހަފްލާ ޝަރަފްވެރި ކޮށްދެއްވާ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވާހަކަ ދައްކަވަމުން ވިދާޅުވީ ވޭތުވެދިޔަ 50 އަހަރު ދުވަހުން ރާއްޖެއަށް ލިބިފައިވާ ތަރައްޤީ އާއި ކުރިއެރުން މި ތިން އަހަރު ތެރޭ ރާއްޖެ ހާސިލްކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖެއަށް އިންވެސްޓް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމުގެ އިތުބާރު މިހާރު ލިބިގެން ގޮސްފައިވާ ކަމަށާއި ރާއްޖޭގެ އިޤްތިޞާދު މިދާ ސްޕީޑްގައި ކުރިއަށް ދާކަމަށް ވާނަމަ އެސްޓީއޯ ކަހަލަ ގިނަ ކުންފުނިތަކެއް ފެނިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯ އާއި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާރމަސީއެއް ހުޅުވަން ސަރުކާރުން ހަވާލުކުރި މުއްދަތަށްވުރެ އަވަހަށް އެސްޓީއޯ އިން މިމަޝްރޫޢުގެ މަސައްކަތް ނިންމައި ހުރިހާ ރަށެއްގައި ފާރމަސީ ހުޅުވާފައިވާކަން ޝަހީރު ފާހަގަކުރެއްވިއެވެ.

އަދި އެސްޓީއޯ އިން އެތެރެކުރާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އެތައް ގުނައަކަށް އަގުހެޔޮ ކުރެވި، އެސްޓީއޯ ސުޕަރމާޓުގައި ވިއްކާ މުދަލަކީ 60 އިންސައްތަ ލޯކަލީ ގަނެގެން ވިއްކާ މުދާކަމުގައިވުމުން މީގެ ހެޔޮ ފައިދާ އާންމުނަށް ލިބިގެންދާނެ ކަމުގައި ޝަހީރު ވިދާޅުވިއެވެ.

”ހަބޭސް ހުކުރު ވިތު އެސްޓީއޯ“ ގެ ނަމުގައި ކުރިޔަށްގެންދިޔަ އިވެންޓްގައި ހައިޑްރޯ ފްލައިންގގެ ހަރާކާތް ތަކާއި އެސްޓީއޯ ސުޕަރމާޓުގެ ފްރީ ޓޭސްޓިންގ އާއި ޢާންމުންގެ މެދުގައި ލަކީޑްރޯ އެއްވެސް ވަނީ ނަގާފައެވެ.

 

Rate this post