
ސަޢޫދީގެ ދެ އެއާޕޯޓަކަށް ޙަމަލާތަކެއް ދީފި
ސަޢޫދީ ޢަރަބިއްޔާގެ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް އެޤައުމުގެ ސިވިލް އޭވިއޭޝަނުން ހާމަކޮށްފި އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި، ޔަމަނުގެ ބޯޑަރު ކައިރީގައި އޮންނަ ޖީޒާން އަދި ނަޖްރާން އެއާޕޯޓަށް ހޯމަ ދުވަހު ދިން ހަމަލާތަކުގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.
ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކުގެ ސަބަބުން ތިން މީހަކަށް ކުދި އަނިޔާތަކެއް ލިބި، މުދަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.
އަދި ކިންގް ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި ނަޖްރާން އިންޓަނޭޝަނަލް އެއާޕޯޓަށް ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށާއި، ފަސިންޖަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރަސްކަމުގެ ސިވިލް އޭވިއޭޝަން ނިޒާމުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.



