މާކެޓަށް އައި ބޮޑު ލޮޅުމާއެކު ޑޮލަރުގެ އަގު ދަށްވެއްޖެ

މާކެޓަށް އައި ބޮޑު ލޮޅުމާއެކު ޑޮލަރުގެ އަގު ދަށްވެ، ޔެންގެ ބާރު ދެރަވެއްޖެ އެވެ.

ވޭތުވެދިޔަ ހަފުތާގައި މާކެޓަށް އައި ބޮޑު ލޮޅުމަށްފަހު އިންވެސްޓަރުންގެ އިތުބާރު އާލާވުމާއި އަންނަ މަހު އޮންނަ ފެޑަރަލް ރިޒާވްގެ ބައްދަލުވުމުގައި އިންޓްރެސްޓް ރޭޓް ބޮޑުތަނުން އުފުލާފާނެ ކަމަށް ކުރެވުނު އުންމީދުތައް ކުޑަވުމާ ގުޅިގެން ވޭތުވެދިޔަ ދޮޅުއަހަރު ތެރޭގައި ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔަ ދިއުމަށް ހޯމަ ދުވަހު އޭޝިއާގެ މާކެޓްތައް ހުޅުވުނުއިރު ބަދަލެއް އައިސް ޑޮލަރުގެ އަގު ވަނީ ކުޑަކޮށް ދަށްވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތުން ޔޫރޯގެ އަގު %0.1 މައްޗަށް ގޮސް 1.0974 ޑޮލަރަށް އަރާފައިވާއިރު އޮސްޓްރޭލިއަން ޑޮލަރު ވަނީ %0.2 މަތިވެ 0.6629 ޑޮލަރަށް ޖެހިލާފަ އެވެ.

އިނގިރޭސި ޕައުންޑްގެ އަގު 1.3091 ޑޮލަރުގައި ހިފެހެއްޓިފައި ހުރިއިރު ނިއުޒީލޭންޑް ޑޮލަރު ހުރީ 0.5474 ޑޮލަރުގަ އެވެ. ޖަޕާނު ޔެންއަށް އޮތް ޑިމާންޑް ކުޑަވުމާ ގުޅިގެން ޔެންއާ އަޅާބަލާއިރު އެމެރިކާ ޑޮލަރު ވަނީ %0.2 މަތިވެ، 158.63 ޔެންއަށް އަރާފަ އެވެ.

ދުނިޔޭގެ މުހިންމު ހަ ފައިސާއަކާ އަޅާބަލާއިރު ޑޮލަރުގެ ބާރު ވަޒަންކުރާ ’ޑޮލަރު އިންޑެކްސް‘ ވަނީ 103.80 ގައި ހިފެހެއްޓިފަ އެވެ.

މިއީ 2025 ވަނަ އަހަރުގެ އެޕްރީލް މަހަށްފަހު އެ އިންޑެކްސް އެންމެ މައްޗަށް ދިޔަ މިންވަރާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.

ދުބާއީގެ ސްޓޭންޑަޑް ޗާޓަރޑްގެ ގްލޯބަލް ހެޑް އޮފް ފޮރިން އެކްސްޗޭންޖް އެރިކް ރޮބަޓްސަން ވިދާޅުވި ގޮތުގައި އިންޓްރެސްޓް ރޭޓްގެ ފަރަގާއި އެމެރިކާގެ އިގްތިސާދީ ކުރިއެރުމާއި ފަރަންސޭސިވިލާތް ފަދަ ޤައުމުތަކާ އަޅާބަލާއިރު ސިޔާސީ ނުތަނަވަސްކަން ކުޑަވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައިވެސް ޑޮލަރުގެ ބާރުގަދަވާނެ ކަމަށް ބެލެވެ އެވެ. އަދި ދުނިޔޭގެ މާކެޓްތަކުގައި ނުރައްކާ ބޮޑުވާ ހާލަތްތަކުގައި ޑޮލަރަށް އޮންނަ ފައިދާ އިތުރުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މާކެޓަށް އައި ލޮޅުމަށްފަހު އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ފެޑަރަލް ރިޒާވުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފާނެ ކަމަށް މިހާރު ނުބެލެވެ އެވެ.

ސީ.އެމް.އީ ގްރޫޕްގެ ފެޑްވޮޗް ޓޫލުން ދައްކާ ގޮތުގައި އަންނަ ޑިސެމްބަރު މަހުގެ 8 އިން 9 އަށް އޮންނަ ބައްދަލުވުމުގައި އިންޓްރެސްޓް ރޭޓް %0.25 އަށް ބޮޑުކުރުމުގެ ފުރުސަތު %88.6 އޮތްއިރު އެއްވެސް ބަދަލެއް ނުގެނައުމުގެ ފުރުސަތު އޮތީ %11.4 ގައެވެ.

ކުރިން ލަފާކުރި %0.50 ގެ ބޮޑު އިތުރުވުމެއް މިހާރު މާކެޓުން އުންމީދެއް ނުކުރެ އެވެ.

ކްރިޕްޓޯކަރަންސީ މާކެޓަށް ބަލާއިރު ހުކުރު ދުވަހު އައި ބޮޑު ދަށްވުމަށްފަހު ކުޑަ ކުރިއެރުމެއް ލިބުނު ނަމަވެސް ބިޓްކޮއިންގެ އަގު ވަނީ %0.1 ދަށްވެ 60,795.03 ޑޮލަރަށް ވެއްޓިފަ އެވެ. އަދި އީތަރގެ އަގު %0.2 ދަށްވެ ހުރީ 1,714.96 ޑޮލަރުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.