ޚަބަރު ފީތާ

ތިމަރަފުށީ ޔޫތު ސެންޓަރުގައި ޢާއިލީ ހަވީރެއް ބާއްވައިފި

ތ. އަތޮޅު ތިމަރަފުށީ ޔޫތު ސެންޓަރރުގައި ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

މިއީ ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ތިމަރަފުށީ ޔޫތު ސެންޓަރުން އިސްނަގައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޚަރަކާތްތަކުގައި ހިމެނޭ ޢާއިލީ ހަވީރެކެވެ.

މި ޢާއިލީ ހަވީރު ކުރިއަށް ގެންދިޔައީ ތިމަރަފުށީ ސިއްޙީ މަރުކަޒާއި ތ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަންހެނުން ކުރިއަރުވާ ކޮމެޓީ އާއި ރަށުގެ ޒުވާނުންގެ އެހީތެރިކަމާއިއެކުގައެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔަ ވަގުތުގައި މޫސުމް ގޯސްވި ކަމުގައި ވިޔަސް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން މަޢުލޫމަތު ދެއްވައެވެ. ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތު މިރޭ އޮންނާނޭ ކަމަށްވެސް ތިމަރަފުށީ ޔޫތު ސެންޓަރުން މަޢުލޫމާތު ދެއެވެ.

 

Rate this post