ޕާޓީއިން މީހުން ވަކިކުރި ކަމަށް ޕީއެންއެފް އިން ކުރި ތުރުމަތުތައް އިލެކްޝަންސްއިން ދޮގުކޮށްފި

މެންބަރުންނަށް ނޭނގި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ދަފްތަރުން މީހުން ވަކިކުރަމުންދާ ކަމަށް ބުނެ އެ ޕާޓީން ކޮށްފައިވާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދޮގުކޮށްފިއެވެ.

ޕީއެންއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ ގިނަ އަދަދެއްގެ މެންބަރުން އެ މީހުންނަށް ނޭނގި ދަފްތަރުން އުނިކޮށް، އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާ ކަމަށެވެ. އަދި މެންބަރުންގެ އައިޑީ ކާޑުގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ޕީއެންއެފްގެ ފަރާތުން މިހާރު ވަނީ ފުލުހަށް ވެސް މައްސަލަ ހުށަހަޅާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ތުހުމަތުތައް ދޮގުކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި، މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ އާންމުންނާއި ޕާޓީތަކުން އެންމެ ބޮޑަށް ކުރަމުން އައި ޝަކުވާއަކީ މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމުގެ މައްސަލަ ކަމަށެވެ.

އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އީސީން ބުންޏެވެ. އެގޮތުން، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ’އީ-ފާސް‘ ތައާރަފްކުރެވުމާއެކު، މިހާރު އެ ނިޒާމަކީ އާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމެއް ކަމަށް ވެސް ކޮމިޝަނުން ފާހަގަކުރިއެވެ.

އީސީން އިތުރަށް ބުނީ، މިހާރު ގާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެހެންކަމުން، މިއީ ހަމައެކަނި އެ ފަރުދަކާއި ޕާޓީއާ ދެމެދު ހިނގާ، އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމެއް ކަމަށާއި، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ ކޮމިޝަނަށް ވެސް އަދި އެހެން އެއްވެސް ފަރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

ހަގީގަތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީއެންއެފުން ދައްކަމުންދާ ވާހަކަތަކާއި ކުރާ ދޮގު ތުހުމަތުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އީސީގެ ބަޔާނުގައިވެއެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.