
އުސްފަސްގަނޑު ބޭރު ތޮށިގަނޑުން ވެއްޓި ތާށިވި މީހާ ސަލާމަތް ކޮށްފި
މާލޭގެ އުސްފަސްގަނޑު ބޭރު ތޮށިގަނޑު މަތިން މިއަދު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ސްކޭޓް ޕާކާއި ދިމާއަށް އޮންނަ ބޭރު ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި މީހަކު ތާށިވެފަައި އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:16 އެހާކަންހާއިރު އެވެ. މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ފުލުހުން އެމީހާ ސަލާމަތް ކުރުމަށް ސީންއަށް ގޮސް ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އެމީހާ ސަލާމަތް ކޮށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ގާތަކުގެ ތެރޭގައި ތާށިވެފައިވަނީ ދިވެއްސެއް ކަމެއް ބިދޭސީއެއް ކަމެއް، އަދި އެމީހާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ވެސް އަދި ސާފުވެފައެއް ނުވެ އެވެ.



