ސީރިއާގެ ކޯޓުން 2025 ވަނަ އަހަރުގެ ޤަތުލްޢާމާ ގުޅިގެން ފުރަތަމަ ޙުކުމްތައް އިއްވައިފި

އަސަދަށް ތާޢީދުކުރި ދެ މީހަކަށް މަރުގެ ޙުކުމާއި ޢުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވިއިރު، ސަރުކާރުގެ ސިފައިންގެ މީހަކަށް 20 އަހަރުގެ ޖަލު ޙުކުމެއް ވަނީ ކަނޑައަޅާފަ އެވެ.

ސީރިއާގެ ހަލަބުގައި ހިންގި ކޯޓަކުން 2025 ވަނަ އަހަރު ހިނގި އަލަވީ ކަތިލުންތަކާ ގުޅިގެން ފުރަތަމަ ޙުކުމްތައް ވަނީ އިއްވާފަ އެވެ.

ހަލަބުގެ މިލިޓަރީ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ބައްޝާރުލް އަސަދަށް ތާޢީދުކުރި ދެ މީހަކަށް މަރުގެ ޙުކުމް އިއްވިއިރު، ސަރުކާރުގެ ސިފައިންގެ ތެރޭގައި ހިމެނޭ ބައެއްގެ ތެރެއިން ވެރިއަކަށް 20 އަހަރުގެ ޖަލު ޙުކުމެއް ވަނީ ކަނޑައަޅާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނޮވެމްބަރު މަހުން ފެށިގެން ކުރިއަށްދިޔަ ޝަރީޢަތްތަކުގައި 14 ބަޔަކު ހިމެނެ އެވެ.

އެއީ ރައީސް އަޙްމަދު އައްޝަރައާ ސަރުކާރާ ތާޢީދުކުރާ ފަހަރިތަކުގެ ހަތް މެންބަރަކާއި، ކުރީގެ ރައީސް އަސަދަށް ތާޢީދުކުރި ހަތް މީހެކެވެ.

މިދިޔަ އަހަރު، ލާޒިގިއާ ސަހަލުގެ ސަރަހައްދީ ގޮތުން އަލަވީ ދީނުގެ ސަރަހައްދުތަކުގައި، އަސަދަށް ތާޢީދުކުރާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ސަލާމަތީ ބާރުތަކަށް ހަތިޔާރު ބޭނުންކޮށް ދިން ހަމަލާތައް، ވަރުގަދަ ލޭ އޮހޮރުވުންތަކަށް ބަދަލުވި އެވެ.

ލޮއިޓަރސްގެ ތަޙްޤީޤަކުން ދައްކާ ގޮތުގައި، ޤަތުލުތަކުގެ ބޮޑު ބައެއް ދިމިޝްގުގެ ސަލާމަތީ ބާރުތަކުގެ ތެރެއިން ހިންގި ބަޔަކާ ގުޅިފައިވާއިރު، ހަމަލާތަކުގައި މަދުވެގެން 1,500 އަލަވީ ދީނުގެ މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ.

އޭއެފްޕީ ބުނާ ގޮތުން، ކޯޓުން ބުރާސްފަތި ދުވަހު ހަތަރު ބަޔަކަށް ޙުކުމް ކަނޑައެޅިއިރު، ސެޕްޓެމްބަރު 24 ވަނަ ދުވަހު އިތުރު ޙުކުމްތައް ކަނޑައެޅޭނެ ކަމަށް ބެލެވެ އެވެ.

ކޯޓުގެ ރައީސް، ފަނޑިޔާރު ޒަކަރިއްޔާ ބައްކާރު ވިދާޅުވި ގޮތުގައި، 20 އަހަރުގެ ޙުކުމް ލިބުނު ސިފައިންގެ ވެރިޔަކީ ދިފާޢީ ވުޒާރާގެ ބާރުތަކުގެ ތެރެއިން ހިމެނޭ ފަރާތެއް ކަމަށްވާއިރު، ދަޢުވާ ސާބިތުވީ ”ގަސްދުގައި ކޮށްލި މަރު“ ކަށެވެ.

ޝަރީއަތުގެ ފެށުމުގައި، ކުރީގެ ވެރިކަމަށް ތާޢީދުކުރި ކަމަށް ފާހަގަކުރެވޭ ބައެއް ތުހުމަތުކުރެވޭ ފަރާތްތަކުން ކުށަށް އިންކާރު ކުރި އެވެ.

ބައެއް ފަރާތްތަކުން ހިނގި ހަމަނުޖެހުންތަކުގެ ވަޤުތުގައި ލުބްނާނުގައި ހިމެދިތިބި ކަމަށް ވެސް ދަޢުވާ ކުރި އެވެ.

ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ލާޒިގިއާ ނިސްބަތްވާ ފިރިހެނަކަށް ”ދާޚިލީ ހަނގުރާމައާއި ހަމަނުޖެހުން ހިތްވަރުދިނުމަށް ދިން ހަމަލާ“ތަކުގެ ތެރޭގައި ބައިވެރިވި ކަމުގެ ކުށުގައި މަރުގެ ޙުކުމް ކަނޑައަޅާފައިވެ އެވެ. އަދި އެ ތެރެއިން އިތުރު ފަރާތަކަށް ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް ލިބިފައިވާއިރު، ތިންވަނަ ފަރާތް ވަނީ ބަރީއަ ކުރެވިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.