މި ކުރު އާޔަތަކީ މުސްލިމެއްގެ މުޅި ތަޞައްވުރު

މި އާޔަތް ވިސްނުންތެރިކަމާއެކު، މަޑުމައިތިރި ކަމާއެކު ހިތުގެ އަޑިން ކިޔާލާށެވެ.

މި ކުރު އާޔަތަކީ މުސްލިމެއްގެ މުޅި ތަޞައްވުރު ބިނާވެފައިވާ އަސާސެވެ.

ﷲ އީ އެއްކައުންވަންތަ އިލާހެވެ. އެކަލާނގެއީ ގިނަ ފަރާތްތަކުގެ ތެރެއިންވާ ފަރާތެއް ނޫނެވެ. އަދި އުފެއްދެވި އެއްވެސް މަޚްލޫޤެއްގެ ބައެއްވެސް ނޫނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކަލާނގެއީ އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެންވާ، ބައިބައިވެވޮޑިގެންވާ، އުނިކަމެއްވާ ނުވަތަ އެހެން ފަރާތަކާ އެއްފަދަވެވޮޑިގެންވާ ކަލަކު ނޫނެވެ.

ވަޤުތީ ކަންކަމަށާއި، މީހުންގެ ރުހުމަށާއި، މުދަލަށާއި، މަޤާމަށާއި، ބިރުވެރިކަމާއި ނަފްސާނީ އެދުންތަކަށް އެންމެ ބޮޑު އިސްކަމެއް ދެވޭހިނދު، އިންސާނާގެ ނަފްސު މަގުއޮޅި ހާސްކަމުގެ ތެރެއަށް ވެއްޓެ އެވެ.

ތައުޙީދަކީ އެކި ދިމަދިމާއަށް ބެހިފައިވާ މިފަދަ އެންމެހައި ކަންކަމުން ހިތް ސަލާމަތްކޮށް، އެއްކައުންވަންތަ ރައްބަށް ބޯލެނބުމަށް ހިތް ތަރުބިއްޔަތުކޮށްދޭ އަސާސެވެ.

ﷲ އީ އެއްކައުންވަންތަ އިލާހު ކަމަށް އިޤުރާރުވުމަކީ އަޅުކަންކުރުން ލުއިފަސޭހަވެގެންދާ ކަމެކެވެ. ތިބާ ކުރާ ކޮންމެ ކަމަކީ އެންމެންނަށް ދެއްކުމަށް ކުރާ ކަމަކަށް ވާކަށް ނުޖެހެ އެވެ. އަދި އެންމެންގެ ފަރާތުން ސަލާމަތްތެރިކަން ހޯދާކަށް ނުވަތަ އެންމެންދެކެ ބިރުގަންނާކަށްވެސް ނުޖެހެ އެވެ.

ތިބާގެ އަގާއި، ފާފަފުއްސެވުމާއި، ރިޒުޤާއި އަދި އެނބުރިދިއުން ވަނީ ހަމައެކަނި ﷲ ގެ ހަޟުރަތަށެވެ. އިޚްލާޞްތެރިކަން ފެށެނީ މި ހިސާބުންނެވެ. އެއީ ތިބާއަށްޓަކައި އެންމެ މުހިންމު ފަރާތަކީ، ތިބާގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހުކަން ހިތުގެ އަޑިން ޤަބޫލުކުރެވޭ ހިސާބުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.