الحمد لله ربَ العالمين މި އާޔަތް މަޑުމަޑުން ކިޔާލަބަލަ

މި އާޔަތުން ދަސްކޮށްދެނީ ހިތް ހަމަޖައްސައިދޭނެ އެންމެ ފުރިހަމަ ފެށުމެވެ. އެދުންތަކާއި، އުޒުރުތަކާއި، ބިރުވެރިކަމާއި، ނުވަތަ ފާފައަށް އިއުތިރާފުވުމުގެ ކުރިންވެސް، އަޅާ ފަށަނީ ހަމްދުކުރުމުންނެވެ.

’އަލްޙަމްދު‘ އަކީ ހަމައެކަނި އުފާވެރި ކަމެއް މެދުވެރިވުމުން ކުރާ ޝުކުރެއް ނޫނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއީ އެނގިގެންވާ އަދި ނޭނގިވާ، ފެންނަން އޮތް އަދި ފެންނަން ނެތް ކޮންމެ ހާލަތެއްގައިވެސް، ﷲ އީ ޙަމްދާއި ސަނާ ހައްގުވެގެންވާ ފަރާތްކަން ގަބޫލުކުރުމެވެ.

މުއުމިނަކު ހިތާމައިގެ ތެރޭގައި ހުރެމެ ’އަލްޙަމްދުލިއްލާހި‘ އޭ ބުނަނީ، އެ ހިތާމައަކީ ކުޑަ ކަމަކަށް ވާތީއެއް ނޫނެވެ. ނަމަވެސް، ދިރިއުޅުން ކިތަންމެ ދަތި ނަމަވެސް، ﷲ އީ އެންމެހައި ކަންކަން މިލްކުވެވޮޑިގެންވާ ކަލާނގެކަން ދަންނާތީ އެވެ.

އެކަލާނގެއީ ’ޢާލަމްތަކުގެ ވެރި ރަސްކަލާނގެ‘ ކަމުގައި ގޮވާލުމުން، އިންސާނާގެ ނަފްސަށް ތަނަވަސްކަން ލިބިގެންދެ އެވެ.

ތިބާގެ ޙާލަތަކީ އެކަލާނގެ ދެނެވޮޑިގަތުމުގެ ބޭރުގައިވާ ކަމެއް ނޫނެވެ. ތިބާގެ ރިޒްޤަކީ އެކަލާނގެ މިލްކުވެރިކަމުގެ ބޭރުގައިވާ އެއްޗެއް ނޫނެވެ. އަދި ތިބާގެ މުސްތަޤްބަލަކީ އެކަލާނގެ އޯގާވެރިކަމުގެ ބޭރުގައިވާ ކަމެއްވެސް ނޫނެވެ.

މި އާޔަތުން އަހަރެމެންނަށް ވިސްނައިދެނީ، މުޅި ކައުނު ހިންގަވާ ބަލަހައްޓަވާ ފަރާތަކީ، އެހެން އެއްވެސް މީހަކަށް ކިޔައިދޭން ނޭނގޭ ތިބާގެ ހިތުގެ ސިއްރު ރިހުންތައްވެސް ދެނެވޮޑިގެންވާ ފަރާތް ކަމެވެ.

މި އާޔަތް މަޑުމައިތިރިކަމާއެކު ކިޔަވާލާ، އޭގެ މާނައާ މެދު ފިކުރުކުރުމަކީ ހަގީގަތާ ކުރިމަތިލުމެވެ. އެއީ، ކޮންމެ ނަތީޖާއެއްގެ ކުރިންނާއި ފަހުންވެސް، ﷲ އީ ކައުނުގެ ވެރި ރަސްކަލާނގެ ކަމާއި، އެންމެހައި ޙަމްދެއް ޙައްޤުވެގެންވަނީ އެކަލާނގެއަށްކަން ޤަބޫލުކުރުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.