ހަކަތައިގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ބީއެމްއެލް އާ ގުޅިގެން ވަނީ ގްރީން ލޯނުގެ ފެސިލިޓީއެއް ތަޢާރަފް ކުރެވިފައި…

ހަކަތަޔަށް ފަހި މާހައުލެއް އުފެއްދުމަށްޓަކައި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ހަކަތައިގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާގުޅިގެން ވަނީ ގްރީން ލޯނުގެ ނަމުގައި ލޯނު ފެސިލިޓީއެއް ތަޢާރަފް ކުރެވިފައި ކަމަށް އެންވަޔަރްމެންޓް މިނިނސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ހަކަތަ އިސްރާފުކުރުން ކުޑަކުރުމަށާއި ހެޔޮގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ހިންގާ ހަރަކާތުގެ ދަށުން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 385،000 ލެޑްލައިޓް ދައުލަތުގެ މުއައްސަސާތަކަށާއި އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އަދި ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފައްދާ އަދި އެފިޝަންޓް އާލާތްތައް ބޭނުންކުރުން ފަހިކުރުމުގެ ސިޔާސަތުގެ ދަށުން ވޭތުވެދިޔަ 3 އަހަރުގެ ތަރޭގައި ކަސްޓަސް ޑިއުޓީ މާފްކޮށްދެވޭނެ އިންތިޒާމުވެސް ހަމަޖައްސާދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ހަކަތަޔަށް ފަހި މާހައުލެއް އުފެއްދުމަށްޓަކައި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ހަކަތައިގެ ސިޔާސަތުތައް ހިމެނޭގޮތަށް ވަނީ ހަކަތައިގެ ސިޔާސަތު މުރާޖައާކޮށް ޝާއިއުކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ހަކަތައިގެ ސިޔާސަތުތައް ހިމެނޭގޮތަށް ހަކަތައިގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި ހަކަތައިގެ ބިލް އެކުލަވާލެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ކަރަންޓު އުފައްދައި ބޭނުންކުރެވޭ މިންވަރާއި ކަރަންޓު އުފެއްދުމަށް ހޭދަވާ ތެލުގެ މިންވަރާއި ބެހޭ މަޢުލޫމާތު ޢާންމުކޮށް ހުރިހާފަރާތްތަކަށް ފަސޭހައިން ލިބޭނެމަގު ފަހިކުރުމަށްޓަކައި  “އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2016” އެކުލަވާލާ ޝާއިޢުކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ހަކަތަ އިސްރާފުކުރުން ކުޑަކުރުމަށާއި ހެޔޮގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ޢިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ހަކަތައިގެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ އިރު، އިތުރަށް އެ މިނިސްޓްރީން ބުނީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ބޭނުންކުރާ އާލާތްތަކަކީ ކަރަންޓު މަދުން ބޭނުންކުރާ އެއްޗެހިކަން އަންގައިދޭގޮތަށް ލޭބަލްކުރުމަށް ކުރަންޖެހޭ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ.

ހަމަމިއާއެކު 2018ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިޢާދަކުރެނިވި ހަކަތައިގެ ވަސީލަތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ޤާބިލްކަން އިތުރުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ދުވާލު ގަޑީގައި އުފައްދާ ކަރަންޓުގެ އެންމެ މަތީ ޢަދަދުގެ %30 އާއި އެއްވަރުގެ އަދަދަކަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރައީސް ޔާމީނުގެ ފުރަތަމަ 5 އަހަރު ނިމޭއިރު 20 މެގަވޮޓްގެ ކަރަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިގޮތުން މިހާރުވެސް 06 ރަށެއްގައި މިއަމާޒު ވަނީ ހާސިލުކުރެވިފައިވާ ކަމަށާއި 08 ރަށެއްގައި ޢަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި 27 ރަށެއްގައި ޢަމަލީ މަސައްކަތްކުރާނެ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ. އަދި 26 ރަށެއްގެ ޑިޒައިންނިމި ޓެންޑަރކުރުމަށް ވަނީ ތައްޔާރުވެފައި ކަމަށާއި 45 ރަށެއްގެ ޑިޒައިން މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި މިގޮތުން ޖުމްލަ 112 ރަށެއްގައި މިހާރު މިއަމާޒުވަނީ ޔަޤީންކުރެވިފައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ޅ.ނައިފަރާއި ކ.ހިންމަފުށީގައި ވައިގެ ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ފަންނީ މަސައްކަތްފެށި 2017 ގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ޔަޤީންކަމާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެދުވެރިކޮށް މާލެ-ހުޅުމާލެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެފަންނީ މަސައްކަތް 2016 ވަނަ އަހަރު ފެށި 2017 ގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ބުނެއެވެ.

އަދި ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދާ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް އުކާލެވޭ ކުނި ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ރ.ވަންދޫގައި ހިންގާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2016 ވަނަ އަހަރު ފެށި 2017 ގައި ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރެވިގެން ދާނެކަމަށް ތިމާވެއްޓާއި ހަކަތަ އާބެހޭ މިނިސްޓްރީން ބުނެއެވެ.

އަދި ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށްބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދާ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ކަނޑުގެ އޮއިވަރާއި ދިޔަވަރު ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތައް ބޭނުންވާ ޕްރިލިމިނަރީ ސްޓަޑީސް ހެދުމުގެ 2016 ވަނަ އަހަރު ފެށިގެން ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.

ހަކަތަޔަށް ފަހި މާހައުލެއް އުފައްދާ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުން ނެޓްމީޓަރިން ޤަވާޢިދެއް އެކުލަވާލާ 2015 ވަނަ އަހަރު ވަނީ ގެޒެޓް ކޮށްފައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.