ނޭޕާލް ޙާދިޘާ: ފެންބޮޑުވުމުގެ ކުރިން އައިސްގަނޑެއް ގިރައިގެންދިޔަ މަންޒަރު ޑްރޯންއަކަށް އިނީ ނޭންގި އަރާފަ

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ، ލަންގްޓަންގް ލިރުންގް ފަރުބަދައިގެ ކައިރިން ބިޔަ ހިލަތަކަކާއި ގަނޑުފެންތަކެއް ފަރުބަދައިގެ ފޭލްބައިން ވަކިވެގެން ފައިބައިގެންދާ މަންޒަރެވެ.

މިދިޔަ ހަފުތާގައި ނޭޕާލާއި ޓިބެޓަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، އެ ހާދިސާ މެދުވެރިވާން ދިމާވި ގްލޭޝިއާ ނުވަތަ ގަނޑުފެން ފަރުބަދަ ގިރައިގެންދިޔަ މަންޒަރު ޗައިނާގެ ފޮޓޯގްރާފަރެއްގެ ޑްރޯންއަށް ވަނީ އޮޅުމަކުން އަރާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކަނޑުގެ ސަތަހައަށްވުރެ 7,200 މީޓަރު އުސްމިނުގައި ހުންނަ ލަންގްޓަންގް ލިރުންގް ފަރުބަދައިގެ އުސް ސަރަހައްދަކުން ބިޔަ ހިލަތަކާއި ގަނޑުފެންގަނޑެއް ނެއްޓިގެން ފައިބާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ. އަދި އެއާއެކު ފަރުބަދަމަތިން ބިޔަ ހިރަފުސް ބޯގަނޑެއް އަރައިގެންދާ މަންޒަރުވެސް ފެނެ އެވެ.

މި ގަނޑުފެންގަނޑާއި، ހިލައާއި، މަޑާއި އަދި ކުނިބުނިތައް ގާތްގަނޑަކަށް 1,200 މީޓަރު ތިރީގައިވާ ވާދީއަށް ފައިބައިގަތުމުގެ ސަބަބުން ކުއްލި ފެންބޮޑުވުމެއް އުފެދި، ބޮޓެކޯޝީ އަދި ތްރިޝޫލީ ކޯރުގެ ލެވެލް އިންތިހާއަށް އުފުލުނެވެ. އޯގަސްޓް 26 ގައި ހިނގި މި ހާދިސާގައި ނޭޕާލުން 903 މީހުން އަދި ޓިބެޓުން 16 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 4,500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ނޭޕާލް މީހުންނެވެ.

ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު ވިދާޅުވި ގޮތުގައި، އެ ގައުމަށް މިހާރު ކުރިމަތިވެފައިވަނީ ”ތަސައްވަރު ނުކުރެވޭ ފަދަ ހިތާމަވެރި“ ކާރިސާއެކެވެ. އަދި މި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މިންވަރު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދިއްތަ ދުވަހުގެ ރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ވިދާޅުވީ، ރަސޫވާގެ ބޮޓެ ކޯޝީ ކޯރު ބޮޑުވެ ހިނގި މި ނުރައްކާތެރި ހާދިސާގެ ސަބަބުން ގެއްލުނު ފުރާނަތަކާއި، މުދަލާއި، އަދި އުމްރާނީ ވަސީލަތްތަކުގެ ފުރިހަމަ މައުލޫމާތު އެއްކުރުމަށް އިންތިހާއަށް ދަތިވެފައިވާ ކަމަށެވެ.

މޫސުން ގޯސްވުމާއި، ބިމުގެ އުނދަގޫ ހާލަތުގެ އިތުރުން ނުރައްކާތައް ދެމިއޮތުމުން މި މަސައްކަތަށް ހުރަސްތަކެއް ހުރި ނަމަވެސް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ސަރުކާރުން ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށް، މިއަހަރުގެ މާރިޗު މަހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ޝާހު ވިދާޅުވިއެވެ. އަދި އެންމެންގެ އެއްބައިވަންތަކަމާއި ގުޅިފައިވާ މަސައްކަތުން މި ނުރައްކާތެރި ހާލަތުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.