ކަނބަލުންގެ ޙައްޤުތަކާއި ފުރިހަމަ ޤާބިލިއްޔަތުކަން ބޭނުންކުރުމަށް މަގުފަހިކޮށްދީ ބާރުވެރިކުރުވުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސުލްޖުމްހޫރިއްޔާ

ކަނބަލުންނަށް ކުރިމަތިވާ އެކިއެކި ހުރަސްތައް ނައްތާލައި، އެކަނބަލުންގެ ޙައްޤުތަކާއި ފުރިހަމަ ޤާބިލިއްޔަތުކަން ބޭނުންކުރުމަށް މަގުފަހިކޮށްދީ ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ މެސެޖުގައި ރައީސް ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި، އަންހެނުންނާއި އަންހެން ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސާބިތު އުސޫލުތައް މިއަދު އަލުން ކަށަވަރުކޮށްދެއްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އިސްކަންދޭ މި މަސައްކަތްތައް ކުރިއަށް ގެންދަނީ ހަރުދަނާ ސިޔާސަތުތަކާއި، އިސްތިރާތީޖީތަކާއި އަދި ޕްރޮގްރާމްތަކުގެ އެހީގައެވެ. މިގޮތުން، އަނިޔާ ލިބޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދީ، ކުށްކުރާ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާދާރުކުރުވައި، އަދަބުން ބަރީއަވެވޭނެ އެއްވެސް ފުރުސަތެއް ނުދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މީގެ އިތުރުން، އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރި ހިޔާވަހިކަން ފުޅާކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. ހަމައެފަދައިން، ކޮންމެ މީހަކަށްމެ އިންސާފާއި ކަރާމާތް ކަށަވަރުކޮށްދީ، އަވަސް ފިޔަވަޅު އެޅުމަށްޓަކައި، ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ އިތުރުން ޝަރުޢީ ދާއިރާގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އަނިޔާ ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމުގައިވާއިރު، އަންހެނުންނަށް ކުރިމަތިވާ އެންމެހާ ގޮންޖެހުންތައް ނައްތާލައި، އެކަނބަލުންގެ ފުރިހަމަ ޙައްޤުތައް ހޯދައިދީ، ޤާބިލިއްޔަތުކަން ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދީ ބާރުވެރިކުރުވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އަންހެނުންނާއި އަންހެން ކުދިންނަށް އެއްވެސް ބިރުވެރިކަމެއް ނެތް، އަދި އެންމެހާ އަނިޔާތަކުން ސަލާމަތްވެފައިވާ އަމާން ރާއްޖެއަކާއި ދުނިޔެއެއް ބިނާކުރުމަށްޓަކައި އެންމެން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.