އެމެރިކާއިން މިޞްރުގެ ބޮޑު ބޭންކެއް ދުނިޔޭގެ މާލީ ނިޒާމުން ވަކިކޮށްފި

ޔޫ.އޭ.އީ ގައި ހުންނަ ބޭންކް މިޞްރުގެ ގޮފިތަކަށް އެޅި މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އީރާނާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން ހިންގާ 'އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް' ގެ ބައެއް

އީރާނަށް މަގުފަހިކޮށްދޭ ފަރާތްތަކަށް އޮތް ފުރުޞަތުތައް ހަނިކުރުމަށްޓަކައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ހުންނަ ބޭންކް މިޞްރުގެ ގފިތައް ދުނިޔޭގެ މާލީ ނިޒާމުން ވަކިކުރުމަށް ނިންމާފައިވާކަން އެމެރިކާގެ ޓްރެޜަރީން ހުކުރު ދުވަހު އިޢުލާންކޮށްފި އެވެ.

ބޭންކް މިޞްރަކީ މިޞްރުގެ ދެވަނައަށް އެންމެ ބޮޑު ބޭންކެވެ. މި ނިންމުމާއެކު، އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެ ބޭންކުގެ ޔޫ.އޭ.އީ ގޮފިތަކަށް އެމެރިކާ ޑޮލަރުން މުޢާމަލާތް ކުރުމުގެ ފުރުޞަތު ބަންދުވާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ނިންމުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިއީ އެމެރިކާ ސަރުކާރުގެ ނިންމުމަށް ތާޢީދުކޮށް ނުވަތަ ދެކޮޅަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.

އެމެރިކާގެ ޓްރެޜަރީން ހާމަކޮށްފައިވާ ގޮތުގައި، ބޭންކް މިޞްރު ޔޫ.އޭ.އީ އަކީ އީރާނުގެ ސަރުކާރަށް އެމެރިކާ ޑޮލަރު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށް ބެލެވެ އެވެ.

އެހެންކަމުން، އެމެރިކާގެ މާލީ އިދާރާތަކާ އެކު އެ ބޭންކުން ބާއްވާ ގުޅުންތައް ކަނޑާލުމަށް ވަނީ ހުށަހަޅާފަ އެވެ.

ސްޓްރެއިޓް އޮފް ހޯރްމޫޒްއާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން އީރާނަށް އިޤްތިޞާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި، ’އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް‘ އިފްތިތާހުކުރެއްވީ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އެވެ.

ޓްރެޜަރީން ބޭންކުތަކަށް އަންގާފައިވަނީ ބޭންކް މިޞްރު ޔޫ.އޭ.އީ ހިމެނޭ ގޮތަށް އެމެރިކާގެ އެކައުންޓްތަކުން އެއްވެސް މުޢާމަލާތެއް ނުކުރުމަށް ސަމާލުވުމަށާއި، ބޭރުގެ ބޭންކުތަކާ އެކު ކުރާ މުޢާމަލާތްތައް އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށެވެ.

މީގެ އިތުރުން، ދުބާއީގައި ހުންނަ ބޭންކް މެއްލީގެ ގޮތްޕާއި، އެ ތަނުގެ މެނޭޖަރު ރިޒާ މުޙައްމަދު ތަޢީދީއަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. ބޭންކް މެއްލީއަކީ އީރާނުގެ މުހިންމު ވިޔަފާރި ބޭންކެކެވެ.

އެމެރިކާގެ ޓްރެޜަރީން ބުނާ ގޮތުގައި، މި ބޭންކަކީ އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކަށާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ފަދަ އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އިދާރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެކެވެ.

މި އިޢުލާނާއެކު ހޮންކޮންގްގެ ކުންފުންޏެއް ކަމަށްވާ ކަމެންގް ޓްރޭޑިންގް ލިމިޓެޑަށް ވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

އެ ކުންފުންޏަކީ އީރާނުގެ މަނީ ލޯންޑަރިންގްގެ މަސައްކަތްތަކުގައި ބައިވެރިވާ ކުންފުންޏެއް ކަމަށް ޓްރެޜަރީން ތުޙުމަތުކުރެ އެވެ.

ޗައިނާއާއި އީރާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން، މި ފިޔަވަޅުތަކުގެ އަސަރު ވޮޝިންގްޓަނާއި ބެއިޖިންގްގެ ގުޅުމަށް ކުރާނެތޯ ސުވާލުކުރުމުން ބެސެންޓް ވިދާޅުވީ، އެމެރިކާއިން ޤައުމުތަކާ އެކު މުޢާމަލާތް ކުރަނީ ޑިޕްލޮމެޓިކް އުސޫލުން ކަމަށާއި، އެމެރިކާގެ އުންމީދުތައް ހުރިހާ ޤައުމަކަށް ވެސް ސާފުކޮށްދެމުންދާ ކަމަށެވެ. ޗައިނާއަކީ އީރާނުގެ ހަކަތަ އެންމެ ގިނައިން ގަންނަ ޤައުމަށް ވާއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަންނަ މަހު ވައިޓް ހައުސްއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.