ކަނޑުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭގެ ތަޖުރިބާތައް ބައިނަލްއަޤްވާމީ ފޯރަމެއްގައި ހިއްސާކޮށްފި

ޖަރުމަނުވިލާތުގެ ބޮންގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ އިވެންޓެއްގައި، ކަނޑުތަކާއި މޫސުމާ ގުޅުންހުރި ކަންކަމުގައި ދިވެހިރާއްޖޭގެ ތަޖުރިބާތަކާއި، މާލީ އެހީތެރިކަމާއި ބައިވެރިވުންތައް ހޯދުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް ހިއްސާކޮށްފިއެވެ.

މި ތަޖުރިބާތައް ހިއްސާކުރެއްވީ ސްލައިކަން ޓްރަސްޓް (Slycan Trust) އަދި މެރިޓައިމް ރިސާޗް އެލަޔަންސް ގުޅިގެން ”އެވިޑެންސް-ބޭސްޑް ޕޮލިސީމޭކިންގ: ދަ ރޯލް އޮފް ރިސާޗް އިން މަލްޓިލެޓަރަލް ނެގޯޝިއޭޝަންސް އޮން ކްލައިމެޓް، އޯޝަންސް، އެންޑް ސެކިއުރިޓީ“ ގެ ނަމުގައި ބޭއްވި އިވެންޓުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އިވެންޓުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޢާއިޝަތު އައިލީން ނިޔާޒް ވަނީ، ކަނޑުތަކާއި މޫސުމާ ގުޅޭ މަޝްރޫޢުތައް (އޯޝަން-ކްލައިމެޓް ނެކްސަސް) ތަންފީޛުކުރުމަށްޓަކައި މާލީ އެހީ ހޯދުމާއި ބައިނަލްއަޤްވާމީ ބައިވެރިވުންތައް ޤާއިމުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ.

މީގެއިތުރުން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެއިން އަދާކުރަމުންދާ އިސް ދައުރާއި ލީޑަރޝިޕް ވެސް އައިލީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަކީ މޫސުމާއި، ކަނޑުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ޢިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު އިވެންޓެކެވެ. ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ޤައުމަށް ވުމާއެކު، މިފަދަ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އަޑު އުފުލުމަކީ ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.