ތިލަމާލެ ބްރިޖް: މާލެ-ވިލިމާލެ ދެމެދުގެ ފަހު ސެގްމެންޓް ގުޅުވާލައިފި

މާލޭ ސަރަޙައްދުގައި ތަރައްޤީ ކުރަމުންދާ ތިލަމާލޭ ބްރިޖުގެ މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެއާ ދެމެދު ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް ލޯންޗުކޮށް ގުޅުވާލައިފިއެވެ.

މި ގުޅުވާލެވުނު ސެގްމެންޓްއާ އެކު ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ %76.61 މިހާތަނަށް ވަނީ ފުރިހަމަކުރެވިފައެވެ. މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން %95 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އަދި މީގެ ތެރެއިން %82 ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

މި މަޝްރޫޢު ހިންގުމަށްޓަކައި އިންޑިއާގެ އެގްޒިމް ބެންކުން ލައިން އޮފް ކްރެޑިޓްގެ ގޮތުަގައި 400 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާއިރު އެ ގައުުމުގެ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ފޯރުކޮށްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.