ގޯއްޗާއި ފްލެޓުގެ ދާއިމީ ލިސްޓު ޑިސެމްބަރު މަހުގެ މެދުތެރޭގައި ޢާންމުކުރަނީ

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، މާލެ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމުގެ މަސައްކަތް ނިންމައި، މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިޢުލާނުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ ”ރާއްޖެ މިއަދު“ ގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ނާޒިމް މުޙައްމަދު ވިދާޅުވީ، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޞައްޙަތޯ ބެލުމުގެ (ވެރިފިކޭޝަން) މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު ޢާންމުކުރެވޭނެ ކަމުގެ ޔަޤީންކަން ސްޓޭޓް މިނިސްޓަރު ދެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޑިސެމްބަރު މެދު ތެރެއަށް އިވެލުއޭޝަން އެއްކޮށް ނިންމާލެވޭނެ، އަޅުގަނޑުމެންގެ ތާވަލު އޮތް ގޮތުން ޑިސެމްބަރުގެ ކުރީކޮޅު ނިންމާލެވިފައި (އިވެލުއޭޝަން) މެދު ތެރެއަށް ދާއިމީ ލިސްޓެއް އިއުލާނު ކުރެވޭނެ

ނާޒިމު ވިދާޅުވީ، ގޯއްޗާއި ފްލެޓް ދޫކުރުމާ ގުޅޭ މަޢުލޫމާތުތައް، އިވެލުއޭޝަން މަރުޙަލާގެ ތެރެއިން އެޕްލިކަންޓުންނާ މިނިސްޓްރީން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

މި މަރުޙަލާގައި ބަލާނީ ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކަށެވެ. އެޕްލިކޭޝަން ފޯމުގައިވާ މަޢުލޫމާތުގައި އެއްވެސް ފުށުއެރުމެއް ފާހަގަކުރެވިއްޖެނަމަ، ”ބޯހިޔާވަހިކަން“ ޕޯޓަލް މެދުވެރިކޮށް އެކަން އެޕްލިކަންޓަށް އަންގާނެއެވެ.

މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ފޮނުވާ ނޯޓިހުގައިވާ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއް ކަމަށްވާނަމަ، އެކަމުގެ ތަފްޞީލާއި ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

އަދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަނަށް އަންނަ ކޮންމެ ބަދަލެއް، ފޯމު ފުރުމުގައި ބޭނުންކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވާނެއެވެ. ނަމަވެސް، މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބުދާރީ ނުވެވިއްޖެނަމަ، އެ އެޕްލިކޭޝަނަކީ ޝަރުޠު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.