ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވާ ނޫސްބަޔާން

މި އޮފީހުން ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫނެވެ.

މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒު މި އޮފީހުން ނީލަމަށްލާފައިވާނީ، ކަތުރުފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން، ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުޞޫލުތަކާއި އިޖްރާއަތުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް މި އޮފީހުން ނީލަމަށްލަނީ، ދައުލަތުގެ ނިޝާން ހަރުކޮށްފައިވާނަމަ، ނިޝާން ނައްޓައިލުމަށް ފަހުއެވެ.

ނަމަވެސް ޚަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެވަނީ ބަދަލުތަކެއް ގެނަސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފަ އެވެ.

ވީމާ، މިފަދަ ޚަބަރުތައް މީޑިއާގައި ޝާއިޢުކުރެއްވުމުގެ ކުރިން ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ޞައްޙަ މަޢުލޫމާތު ހޯއްދެވުމަށް، އަދި ރަސްމީގޮތުން ކަށަވަރުކުރެއްވުމަކާ ނުލައި، ހަގީގަތާ ޚިލާފަށް އަދި ރައްޔިތުންނަށް އޮޅުންއަރާގޮތަށް މިފަދަ މަޢުލޫމާތު ޢާއްމު ނުކުރެއްވުމަށް އިލްތިމާސްކުރަމެވެ.

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވާ ނޫސްބަޔާން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.