ޑޮލަރު ލިބުން ދަތިވަނީ ސަރުކާރުގެ ބޭކާރު ޚަރަދުތަކުގެ ސަބަބުން – ވީޕީ ފައިސަލް

ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ޢާންމުންނަށް ޑޮލަރު ލިބުން ދަތިވެފައިވަނީ ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތަކުގެ ސަބަބުން ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނސީމު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ހިއްސާކުރެއްވި  ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑުއަގުގައި ޑްރޯން ގަތުމަށާއި، މިވަޤުތަށް ބޭނުންނުވާ މިންވަރަށް ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރަމުންދާކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ގެނެސްގެން ރަސްމާލޭގެ ނަމުގައި ބޮޑު ފަޅެއް ހިއްކަމުންދާއިރު، މަސައްކަތް ނުކުރިޔަސް ދުވާލަކަށް އެތައް ލައްކަ ޑޮލަރެއްގެ ކުއްޔެއް ދައްކަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

‏ސަރުކާރުން ގަބޫލު ނުކުރިޔަސް، ޑޮލަރުގެ އަގު އިންތިހާ އަށް އުފުލިގެން ދިޔުމުގެ ހަގީގީ އެންމެ ބޮޑު އެއް މައްސަލަ އަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑު އަގުގައި ޑުރޯންތަކެއް ގަތުމަށް ޑޮލަރުތަކެއް ހޭދަކުރުން. އަދި މި ވަގުތަށް އަދި މީގެ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް ބޭނުން ނުވާނެ މިންވަރަށް ބިން ހިއްކުމުގެ އަގު ބޮޑު މަޝްރޫއެއް ފަށައިގެން އެކަމަށް އެތައް މިލިއަން ޑޮލަރެއް ސަރުކާރުން ޚަރަދުކުރުން. -ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު-

ޤައުމެއްގެ ޒިންމާދާރު ވެރިން އަބަދުވެސް އިސްކުރަންވާނީ ރައްޔިތުންގެ މަސްލަޙަތު ކަމަށާއި، ދަތި ދުވަސްވަރު ޚަރަދު ކުޑަކޮށް، ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ފައިސަލް ގޮވާލެއްވި އެވެ. ކުރިން ހިއްކާފައިހުރި ބިންތައް ތަރައްޤިކުރުމުގެ މުހިންމުކަން އެ ޕޯސްޓުން ދޭހަވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.