
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް މިނިސްޓަރ ބައްލަވާލައްވައިފި
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ބައެއް ވިޔަފާރިވެރިންނާއެކު މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ ޕޯޓެއްގެ ގޮތުގައި، 2027 ވަނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ.



