
މަންފާ ޖަމްޢިއްޔާގެ ޤުރްއާން މުބާރާތަށް 50،000 ރުފިޔާ އާއި އިތުރު އިނާމްތައް
މަންފާ ޖަމްޢިއްޔާއިން އދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ޤުރްއާން ކޭމްޕެގެ ބައެއް އިނާމުތައް ޢާންމުކޮށްފި އެވެ.
މަންފާ ޖަމްޢިއްޔާއިން މަހިބަދޫގައި ބާއްވާ މި މި ކޭޕްގައި ތަފާތު އެކު ޙާރަކާޓްތަކެއް ވަނީ ރާވާފައެވެ. ޙަރަކާތްތަކުގައި ބައިވެރި ވެގެން ބޮޑެތި އިނާމުތައް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން
ޤުރްއާން މުބާރާތުގެ އެއް ވަނަ އަށް 25،00 ދިވެހި ރުފިޔާ ދެވަނަ އަށް 15،00 ރުފިޔާ އަދި 3 ވަނަ އަށް 10،000 ރުފިޔާ ދޭގޮތަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ބައިވެރިންގެމެދުގައި ގުރުއަތު ނަގައިގެން ހުވޭ ފަރާތަކަށް ޢުމްރާ ދަތުރެއްވެސް ވަނީ ކަނޑައަޅފައެވެ.
އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިޙަރަކާތް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޤާރީ މުޙައްމަދު ތަވްފީޤް ވިދާޅުވީ އިތުރު އިނާޟުތަކާ ސްޕޮންސަރތައް އަދިވެސް އިތުރުވެދާނެކަމާއި ނަމަވެސް އަދިވެސް ސްޕޮންަރ ކުރުމުގެ ފުރުޞަޠު އޮތްކަމަށެވެ.
މަންފާ ޖަމްޢިއްޔާއިން އދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ޤުރްއާން ކޭމްޕެ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 26 އިން 28 އަށެވެ.
މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަޠުއަދިވެސް ހުޅުވާލާފައިވާކަންވެސް ތަވްފީޤު ވިދާޅުވިއެވެ.



