އިސްރާއީލްގެ ޓޫރިސްޓުން މާފަށް އެދެންދެން ކޮޓަރިއަށް ވަނަނުދީ ތަޅުލައިފި

ބެންކޮކްގެ ހޮޓަލެއްގައި ތިބި އިސްރާއީލުގެ ފަތުރުވެރިންތަކެއް، އެ ހޮޓަލުގެ އެހެން ކޮޓަރިއެއްގެ ދޮރުގައި ތަޅައި ސަމާސާ ކުރުމުން، އެމީހުން މައާފަށް އެދެންދެން ހޮޓަލުގެ މުވައްޒަފުން އެމީހުންގެ ކޮޓަރި ތަޅުލައިފިއެވެ.

ތައިލެންޑުގެ މަޝްހޫރު ބޮޑީބިލްޑަރެއް ކަމަށްވާ ޕްރަކާސިތު ކުރައުބުތު ބުނިގޮތުގައި، ދަންވަރުގެ ވަގުތެއްގައި އިސްރާއީލުގެ ފަތުރުވެރިންތަކެއް އޭނާ ހުރި ކޮޓަރީގެ ދޮރުގައި ބާރަށް ތަޅައި އުނދަގޫކުރިއެވެ. މި ހާދިސާއާ ގުޅިގެން ހޮޓަލުގެ މުވައްޒަފުން ވަނީ އެ ފަތުރުވެރިން މައާފަށް އެދެންދެން އެމީހުންގެ ކޮޓަރިއަށް ނުވަދެވޭ ގޮތަށް ބޭރުން ތަޅުލާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕްރަކާސިތު މި ވާހަކަ ހިއްސާކޮށްފައިވަނީ އާދީއްތަ ދުވަހު އޭނާގެ ފޭސްބުކްގައެވެ. އޭނާ ބުނިގޮތުގައި، ޕްރާތުނަމް މާކެޓް ކައިރީގައި ހުންނަ ހޮޓަލެއްގައި އޭނާއާއި އޭނާގެ އަންހެނުން ނިދާފައި ތިއްބާ، ކޮޓަރީގެ ދޮރުގައި ހަތަރު ފަހަރަކު ބާރަށް ތަޅައިގަތް އަޑު އިވުނެވެ. އަދި އެއަށްފަހު ބޭރުން ބައެއްގެ ހީނގަތް އަޑު އިވުނެވެ. ފުރަތަމަ އޭނާއަށް ހީވީ ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވީ ކަމަށެވެ.

ނަމަވެސް، ރިސެޕްޝަނަށް ގުޅައި ސީސީޓީވީ ކެމެރާތައް ބެލުމުން، އެއީ އިސްރާއީލުގެ ފަތުރުވެރިންތަކެއް ސަމާސާއަކަށް ކުރި ކަމެއްކަން ކަށަވަރުވިއެވެ. އޭނާ އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ފަތުރުވެރިން ތައިލެންޑަށް އައިސް ހަރަދުކުރާތީ އުފާކުރާ ކަމަށާއި، ނަމަވެސް އަންނައިރު އަދަބު އަހުލާގާއި ބުއްދިވެސް ހިފައިގެން އައުމަށް އެދޭ ކަމަށެވެ.

ޕްރަކާސިތު ބުނިގޮތުގައި، އެ ގުރޫޕް ބޭރަށް ދިޔަ ވަގުތު ބަލައި ހޮޓަލުން ވަނީ އެމީހުންގެ ކޮޓަރި ތަޅުލާފައެވެ. އެމީހުންނަށް އަލުން ކޮޓަރިއަށް ވަދެވުނީ ރިސެޕްޝަނަށް ގޮސް، ޕްރަކާސިތުއާއި އޭނާގެ އަންހެނުންގެ ކިބައިން މައާފަށް އެދުމުންނެވެ. އެ ގުރޫޕުގެ މީހަކު މައާފަށް އެދުމުން ނޫނީ ކޮޓަރި ހުޅުވައިނުދިނުމަށް ހޮޓަލުން ނިންމީއެވެ.

އެ ގުރޫޕުގެ މީހަކު މައާފަށް އެދުމަށް އޭނާގެ ކޮޓަރިއަށް ދިޔަ ނަމަވެސް، އެއީ އިޚްލާޞްތެރިކަމާއެކު އެދުނު މައާފެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި، އެއީ ހަމައެކަނި ކޮޓަރިއަށް ވަނުމަށްޓަކައި ކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޕްރަކާސިތު އިތުރަށް ބުނީ، އެންމެ ހާދިސާއެއްގެ ސަބަބުން ހުރިހާ އިސްރާއީލު ފަތުރުވެރިންނަކީ ގޯސް ބައެއް ކަމަށް ނުދެކޭ ކަމަށެވެ. ގިނަ ބަޔަކު އޭނާއަށް މެސެޖުކޮށް އެމީހުންގެ ނޭދެވޭ ތަޖުރިބާތައް ހިއްސާކުރި ނަމަވެސް، ކޮންމެ ގައުމެއްގެ މީހުންގެ ތެރޭގައިވެސް ރަނގަޅު މީހުންނާއި ގޯސް މީހުން އުޅޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ގާނޫނީ ފިޔަވަޅު އެޅުމަށް ލަފާދީފައެވެ. ނަމަވެސް އޭނާ އެކަން ކުރާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.