ޚަބަރު ފީތާ

ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ޕްރައިމަރީ ބާއްވަން ޕާޓީން ހަވާލުކުރަނީ އެހެންބަޔަކާ: ޢުމަރު ނަޞީރު

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރައިމަރީ ބާއްވަން ޕާޓީން ހަވާލުކުރަނީ އެހެން ބަޔަކާކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އިނގިރޭސިވިލާތުގައި ޕްރައިމަރީ ބާއްވަން ސިޔާސީ ޕާޓީތަކުން ހަވާލުކުރަނީ އެޤައުމުގެ ޖަމިއްޔާތަކަށާއި އެމެރިކާގެ ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ބާއްވަން ހަވާލުކުރަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާ އާކަމަށެވެ.

އަދި ޕާޓީން އިންތިޒާމްކޮށްގެން ބާއްވާ ޕްރައިމަރީ އަކީ ފްރީ އެންޑް ފެއާރ އިލެކްޝަނަކަށް ނުވާނެ ކަމަށާއި އިދިކޮޅު އެމްޑީޕީންވެސް އެ މަންޒަރު ފެނިފައިވާކަމަށް ޢުމަރު ވިދާޅުވިއެވެ. އަދި އަމިއްލަ ޖަމިއްޔާއަކާ ހަވާލުކޮށްގެން ޕީޕީއެމްގެ ޕްރައިމަރީތައް ބޭއްވޭގޮތް ހެދުމަށް ދެން ބާއްވާ ޕީޕީއެމްގެ ކޮންގްރެސްގައި ހުށަހަޅުއްވާނެ ކަމަށްވެސް މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޢުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންތިޒާމް ކުރާ ޕްރައިމަރީއެއްގައި ބައިވެރިނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

Rate this post