5 ވަނަ ’ބަންޑާރަ ކަޕް‘ ފަށައިފި

ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ މުއައްސަސާތަކާއި ވަކީލުންނަށް ޚާއްޞަކޮށްގެން ބަންޑާރަނާއިބުގެ އޮފީހުގެ ރެކްރިއޭޝަން ކްލަބް (ބަންޑާރަ ކްލަބް) އިން އިންތިޒާމްކޮށްގެން ބާއްވާ ”ބަންޑާރަ ކަޕް“ ގެ 5 ވަނަ މުބާރާތް އިއްޔެ ހަވީރު ފަށައިފި އެވެ.

2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ދައުލަތުގެ ޝަރުޢީ އަދި ޤާނޫނީ މުއައްސަސާތަކާއި، ޤާނޫނީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ މައިދާނުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިމަހުގެ 20 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް އޮންނާނީ ހެންވޭރު ބޯޅަ ދަނޑުގަ އެވެ. ހަވީރާއި ރޭގަނޑު މެޗުތައް ކުޅެން ހަމަޖެހިފައިވާ މި އަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޜަނުގައި 17 ޓީމާއި، އަންހެން ޑިވިޜަނުގައި 13 ޓީމާއެކު ޖުމުލަ 30 ޓީމު ވާދަކުރެ އެވެ.

މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޜަނުގައި، ގްރޫޕް އޭ ގައި ހިމެނެނީ:

  • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ’އޭ.ސީ.ސީ.އާރު.ސީ.‘
  • ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ’އެޗް.އާރު.އާރު.ސީ.‘
  • މޯލްޑިވްސް ޕޮލިސް ސާވިސްގެ ’ޕޮލިސް ލޯޔަރސް‘
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޖުތިމާޢީ ކްލަބް ’ޕީ.އޯ.އެސް.ސީ.‘
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ’ޓީމް އެޗް.ސީ.‘

ފިރިހެން ޑިވިޜަނުގެ ގްރޫޕް ބީ ގައި ހިމެނެނީ:

    • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކްރިއޭޝަން ކްލަބް ’މީރާ އާރު.ސީ.‘
    • މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ’ޕެންޝަން އާރު.ސީ.‘
    • ޤާނޫނީ ފަރމް ސީ.އެލް.އޭ. ޕާރޓްނަރސް އަށް ނިސްބަތްވާ ’ޓީމް ކްލެޕް‘
    • ޑްރަގް ކޯޓުގެ ’ޓީމް ޑީ.ސީ.‘

ފިރިހެން ޑިވިޜަނުގެ ގްރޫޕް ސީ ގައި ހިމެނެނީ:

  • އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ’އޭ.ޖީ.އޯ.އާރު.ސީ.‘
  • ކްރިމިނަލް ކޯޓަށް ނިސްބަތްވާ ’އޯލް ސްޓަރސް‘
  • ބަންޑާރަނައިބުގެ އޮފީހުގެ ’ބަންޑާރަ ކްލަބް‘
  • ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް ’ޕެމާ‘

ފިރިހެން ޑިވިޜަނުގެ ގްރޫޕް ޑީ ގައި ހިމެނެނީ:

  • ސިވިލް ކޯޓުގެ ’ކްލަބް ސީ.ވީ.ސީ.‘
  • ޤާނޫނީ ފަރމް އެސް އެންޑް އޭ ލޯޔަރސްގެ ވަކީލުންގެ މައްޗަށް އެކުލެވޭ ’ޓީމް 94‘
  • ކްރިމިނަލް ކޯޓުގެ ’ޓީމް ސީ.އާރު.ސީ.‘
  • ފެމިލީ ކޯޓުގެ ’ޓީމް އެފް.އާރް.ސީ.‘

އޭގެ އިތުރުން، މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޜަނުގައި، ގްރޫޕް އޭ ގައި ހިމެނެނީ:

  • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ’އޭ.ސީ.ސީ.އާރު.ސީ.‘
  • ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ’ކްލަބް ޖޭ.އެސް.ސީ‘
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޖުތިމާޢީ ކްލަބް ’ޕީ.އޯ.އެސް.ސީ.‘
  • ޤާނޫނީ ފަރމް ކިއު.ވީ.އެލްއަށް ނިސްބަތްވާ ’ކިއު.ވީ.އެލް‘
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ’ޓީމް އެޗް.ސީ.‘

އަންހެން ޑިވިޜަނުގެ ގްރޫޕް ބީ ގައި ހިމެނެނީ:

  • ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ’އެޗް.އާރު.އާރު.ސީ.‘
  • ސިވިލް ކޯޓު އަދި ފެމިލީ ކޯޓު ގުޅިގެން އެކުލަވާލާފައިވާ ’ޓީމް ސީ.އެފް.ސީ‘
  • ކްރިމިނަލް ކޯޓުގެ ’ޓީމް ސީ.އާރު.ސީ.‘
  • ޑްރަގް ކޯޓުގެ ’ޓީމް ޑީ.ސީ.‘

އަންހެން ޑިވިޜަނުގެ ގްރޫޕް ސީ ގައި ހިމެނެނީ:

  • އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ’އޭ.ޖީ.އޯ.އާރު.ސީ.‘
  • ބަންޑާރަނައިބުގެ އޮފީހުގެ ’ބަންޑާރަ ކްލަބް‘
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކްރިއޭޝަން ކްލަބް ’މީރާ އާރު.ސީ.‘
  • ޤާނޫނީ ފަރމް އެސް އެންޑް އޭ ލޯޔަރސްގެ ވަކީލުންގެ މައްޗަށް އެކުލެވޭ ’ޓީމް 94‘

ޖުމްލަ 65 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އަދި މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކާގުޅޭ މައުލޫމާތާއި މެޗުތަކުގެ ނަތީޖާތައް އެއްތާކުން ބަލާލެވޭނެހެން މިއަހަރު މިވަނީ ވެބްސައިޓެއްވެސް ލޯންޗުކޮށްފަ އެވެ. https://bandaaracup.com

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.