
ނަބަވީ އިރުޝާދު
މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް ޚިދުމަތް ނުކުރާ މީހާގެ ނިކަމެތިކަމުގެ ބޮޑުކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި އެވެ
رَغِمَ أَنْفُهُ، ثُمَّ رَغِمَ أَنْفُهُ، ثُمَّ رَغِمَ أَنْفُهُ. قِيلَ: مَنْ يَا رَسُولَ اللَّهِ؟ قَالَ: مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ، أَحَدَهُمَا أَوْ كِلَيْهِمَا، ثُمَّ لَمْ يَدْخُلِ الْجَنَّةَ“
މާނައީ: ”އެމީހެއްގެ ނޭފަތް ހިރަފުހާ ތަތްތެޅިއްޖެ އެވެ. އެމީހެއްގެ ނޭފަތް ހިރަފުހާ ތަތްތެޅިއްޖެ އެވެ. އެމީހެއްގެ ނޭފަތް ހިރަފުހާ ތަތްތެޅިއްޖެ އެވެ. (އެބަހީ: އެމީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ!)
ދެންނެވުނެވެ: އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: އެމީހެއްގެ މައިންބަފައިން ކުރެ އެކަކު ނުވަތަ އެދެމީހުންމެ މުސްކުޅިކަމުގެ ޢުމުރުގައި ތިއްބާ އެމީހުންނާ ބައްދަލުވެ، (އެމީހުންނަށް ޚިދުމަތް ނުކުރުމުގެ ސަބަބުން ) ސުވަރުގެ ނުވަދެވުނު މީހާއެވެ.



