
ހުރުމުޒު ކޯރު ބައިޕާސްކުރުމުގެ ސަބަބުން ސަޢޫދީގެ އަރާމްކޯއަށް ބޮޑު ފައިދާއެއް
އިރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވެ، އަދި ހުރުމުޒު ކޯރު ބޭނުން ކުރުމުގެ ބަދަލުގައި އެހެން މަގެއް ޚިޔާރުކޮށްގެން ތެޔޮ ބޭރު ކުރެވުމުގެ ސަބަބުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ ފައިދާ %33 އިތުރުވެފައިވާ ކަމަށް ސަޢުދީ އަރާމްކޯއިން ބުނެފި އެވެ.
ސައުދީ ސަރުކާރުގެ ތެލުގެ ކުންފުނި އަރާމްކޯގެ ސާފު ފައިދާ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 25.2 ބިލިއަން ޑޮލަރުން 33.4 ބިލިއަން ޑޮލަރަށް ވަނީ މައްޗަށް ގޮސްފަ އެވެ.
ދެވަނަ ކުއާޓަރު ފެށެނީ އެޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
އިރާނުން ދަނީ ހުރުމުޒު ކޯރުގެ މައްޗަށް ބާރުފޯރުވުމަށް މަސައްކަތްކުރަމުންނެވެ. އަދި އޮމާންގެ އިމުގެ ތެރެއިން އެ ކޯރު ހުރަސްކޮށް ދަތުރުކުރަން އުޅުނު އެއްގަމު އުޅަނދުފަހަރާއި ކަނޑުގެ އުޅަނދުތަކަށް ދަނީ ހަމަލާދެމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން، ބައިނަލްއަޤްވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ތެލުގެ އަގު މޭ މަހާއި ޖުލައި މަހު ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް އެރި އެވެ. އަދި ޑީޒަލާއި، ޖެޓް ފިއުލާއި، ޕެޓްރޯލް ފަދަ ތެލުގެ ބާވަތްތަކުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.



