ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދުނިޔެ ދޫކުރެއްވި ގޮތުގެ ވާހަކަ

ނޯޓް: މިލިޔުމަކީ އިލްމް.އެމްވީގައި އައްޝައިޚް އަބްދުﷲ ޙާމިދު ލިރެފައިވާ ލިޔުމުގެ ނަކަލެކެވެ.

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ހަމަކަށަވަރުން ތިމަންކަމަނާއަށް ﷲ ދެއްވި ނިޢުމަތްތަކުގެ ތެރޭގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވީ ތިމަންކަމަނާގެ ގޭގައި އަދި ތިމަންކަމަނާގެ ދުވަހުގައި އަދި ތިމަންކަމަނާގެ މޭފުޅާއި ކަރުފުޅާ ދެމެދުގައި ލެނގިވަޑައިގެން އޮންނަވައި ކަމުގައި ވުން ހިމެނެއެވެ. އަދި އެކަލޭގެފާނު އަވަހާރަވީ ވަގުތު ތިމަންކަމަނާގެ ކުޅުފުޅާއި އެކަލޭގެފާނުގެ ކުޅުފުޅު ﷲ އެއްކުރެއްވުން ހިމެނެއެވެ.

(އެކަން ވީގޮތަކީ) ޢަބްދުއްރަޙްމާނު މިސްވާކެއް (ދަތް އުނގުޅަން ގެންގުޅޭ ދަނޑިކޮޅެއް) ހިއްޕަވައިގެން ތިމަންކަމަނާގެ އަރިހަށް ވެންނެވިއެވެ. އޭރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޮންނެވީ ތިމަންކަމަނާގެ ގައިކޮޅުގައި ލެނގިވަޑައިގެންނެވެ. ދެން އެކަލޭގެފާނު އެމިސްވާކަށް ބައްލަވަމުން ގެންދެވިތަން ތިމަންކަމަނާއަށް ފެނިވަޑައިގަތެވެ. އަދި އެކަލޭގެފާނު ސިވާކުކުރެއްވުމަށް ލޯބިކުރައްވާކަން ތިމަންކަމަނާއަށް އެނގިވަޑައިގަތެވެ.

ދެން ތިމަންކަމަނާ ދެންނެވީމެވެ. ‘ކަލޭގެފާނަށްޓަކައި އެމިސްވާކު ގެނެސްދެއްވަންތޯއެވެ؟’ ދެން އެކަލޭގެފާނު އާދޭހޭ ވިދާޅުވުމުގެ ގޮތުން އިސްތަށިފުޅުން އިޝާރާތް ކުރެއްވިއެވެ. ދެން ތިމަންކަމަނާ އެ މިސްވާކު ނަންގަވާ އެކަލޭގެފާނަށް ދެއްވީމެވެ. . ނަމަވެސް އެކަލޭގެފާނަށް އެމިސްވާކު ހެފޭ ވަރަށްވުރެ ހަރުވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. ‘ކަލޭގެފާނަށްޓަކައި އެމިސްވާކު މަޑުކޮށްދެންތޯއެވެ؟’ ދެން އެކަލޭގެފާނު އާއެކޭ ވިދާޅުވުމުގެ ގޮތުން އިސްތަށިފުޅުން އިޝާރާތް ކުރެއްވިއެވެ. ދެން ތިމަންކަމަނާ އެ (ހަފައި) މަޑުކޮށްދެއްވީމެވެ.

އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ފެން ހުރި ފެންކަންވާރެއް ނުވަތަ ތަށްޓެއް ހުއްޓެވެ. ދެން އެކަލޭގެފާނުގެ ދެއަތްޕުޅު އެ ފެނުގެ ތެރެއަށް ލައްވައި، އެއިން މޫނުފުޅުގައި ފުހެލައްވަމުން ޙަދީޘްކުރެއްވިއެވެ.

 (لَا إِلَهَ إِلَّا اللَّهُ، إِنَّ لِلْمَوْتِ سَكَرَاتٍ)

‘ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. ހަމަކަށަވަރުން މަރުގައި ސަކަރާތްތަކެއް (ވޭންތަކެއް) ވެއެވެ.’

ދެން އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ނަންގަވައި ޙަދީޘްކުރައްވަން ފެއްޓެވިއެވެ. 

‘فِي الرَّفِيقِ الْأَعْلَى’

“އެންމެ މަތިވެރި ރަފީޤުންގެ އަރިހުގައި ލައްވާށިއެވެ.” 

އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕެވިއްޖެއުމަށް ދާންދެން މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު މަޑުމަޑުން ތިރިވެއްޖެއެވެ.”

ޞަޙީޙުލްބުޚާރީ 4449

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.