ޔާސީން ސޫރަތުގެ ތަފްސީރު 12

لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ 40

ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުރު ޚުލާސާއެއް:
އިރާއި، ހަނދާއި، ރޭގަނޑާއި، ދުވާލުގެ ކަންކަން ހިނގަނީ ﷲ މިންވަރުކުރެއްވި ގޮތަށެވެ. އެތަކެތީގެ އިންތަކުން ބޭރެއް ނުވެއެވެ. އިރަކަށް ހަނދުގެ މަގަށް އަރައި އޭގެ އަލި ފަނޑުކޮށްލުމުގެ ކުޅަދާނަކަމެއް ނެތެވެ. އަދި ރޭގަނޑަށް، ދުވާލު ނިމުމުގެ ކުރިން އައުމެއް ނުވެއެވެ.

ޖަލާލައިނި ތަފްސީރު:
”އިރަކަށް ހަނދާ އަރާ ހަމަކުރުމެއް ނުވެއެވެ.“ އެބަހީ ރޭގަނޑު އިރު ފެނުމެއް ނުވެއެވެ. ”އަދި ރޭގަނޑަކަށް ދުވާލުގެ ކުރި ހޯދުމެއް ނުވެއެވެ.“ އެބަހީ ދުވާލު ނިމުމުގެ ކުރިން ރޭގަނޑެއް ނާންނާނެއެވެ. އަދި މި ހުރިހާ ތަކެތިވެސް (އިރާއި، ހަނދާއި، ތަރިތައް) ”އޭގެ ފަލަކުގައި“، ”ދައުރުވެ، ދަތުރުކުރެއެވެ.“

އައްސަޢުދީ ތަފްސީރު:
އިރާއި، ހަނދާއި، ރޭގަނޑާއި، ދުވާލަކީ ﷲ މިންވަރުކުރައްވާފައިވާ ކަންކަމެވެ. ކޮންމެ އެއްޗަކަށްވެސް ވަކި ދައުރަކާއި ވަގުތެއް ކަނޑައެޅިފައިވެއެވެ. މިކަންކަން ތަކުރާރުވަމުން ދިއުމަކީ، ޚާލިޤުވަންތަ ރަސްކަލާނގެ ބޮޑުކަމާއި، އެކަލާނގެ ކުޅަދުންވަންތަކަމާއި، ޙިކުމަތާއި، ޢިލްމުވެރިކަން ހާމަކޮށްދޭ ފާޅުކަން ބޮޑު ހެތްކެކެވެ.

وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ 41

އެއުރެންނަށް ހެތްކެއްވެއެވެ. އެއީ ހަމަކަށަވަރުން، ބަރާވެގެންވާ ނަވުގައި ތިމަންރަސްކަލާނގެ އެއުރެންގެ ދަރިފަސްކޮޅު އުފުއްލަވައިދެއްވިކަމެވެ.

ކުރު ޚުލާސާއެއް:
ﷲގެ އެއްކައުވަންތަކަމާއި، އަޅުތަކުންގެ މައްޗަށް އެކަލާނގެ ފޯރުކޮށްދެއްވާ ނިޢުމަތްތަކުގެ ހެތްކަކީ، ނޫޙުގެފާނުގެ ޒަމާނުގައި، އެކަލޭގެފާނުގެ އާގުބޯޓުގައި އާދަމުގެދަރިންގެ ތެރެއިން ސަލާމަތްވި މީހުންނާއި، ދިރޭތަކެތީގެ ތެރެއިން ކޮންމެ ބާވަތަކުން އަންހެން، ފިރިހެން ޖޯޑެއް އުފުއްލެވިކަމެވެ.

ޖަލާލައިނި ތަފްސީރު:
”އަދި އެބައިމީހުންނަށް ހުރި ހެތްކަކީ“ ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމެވެ. ”ތިމަންރަސްކަލާނގެ އެބައިމީހުންގެ ދަރިފަސްކޮޅު“ ނުވަތަ އެބައިމީހުންގެ ކާބަފައިން ”ނޫޙުގެފާނުގެ ބަރުވެފައިވާ ނަވުގައި“ އުފުއްލެވީމެވެ.

އައްސަޢުދީ ތަފްސީރު:
މިއީ ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމުގެ ހެތްކެކެވެ. އެކަލާނގެއީ ނިޢުމަތްތައް ދެއްވާ، އަދި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވާ ރަސްކަލާނގެއެވެ. އެކަލާނގެ ނިޢުމަތުގެ ތެރެއިން އެބައިމީހުންގެ ދަރިފަސްކޮޅު ނަވުގައި އުފުއްލެވިއެވެ

وَخَلَقْنَا لَهُم مِّن مِّثْلِهِ مَا يَرْكَبُونَ 42

އަދި އެފަދަ ތަކެތިން، އެއުރެން އަރައިގެން ދުއްވާނެ ތަކެތި އެއުރެންނަށްޓަކައި ތިމަންރަސްކަލާނގެ ހައްދަވައިދެއްވީމެވެ.

ޚުލާޞާ މާނަ:
މިއީ އެކަލާނގެ އެއްކައުވަންތަކަމާއި، އަޅުތަކުންގެ މައްޗަށްވާ ނިޢުމަތްތަކުގެ ތެރެއިން ހުރި ހެއްކެކެވެ. ނޫޙުގެފާނުގެ ނަވާއި އެއްފަދަ އެހެނިހެން އުޅަނދުފަހަރު އެބައިމީހުންނަށްޓަކައި އުފެއްދެވިއެވެ.

ޖަލާލައިނި ތަފްސީރު:
”އަދި އެކަލާނގެ އެބައިމީހުންނަށްޓަކައި އެފަދަ ތަކެތި އުފެއްދެވިއެވެ.“ އެބަހީ: ނޫޙުގެފާނުގެ ނަވުގެ ބައްޓަމަށް، ކުދި އަދި ބޮޑެތި އުޅަނދުފަހަރު އުފެއްދެވުމުގެ ޢިލްމު މާތްﷲ އެބައިމީހުންނަށް އުނގަންނައިދެއްވައި، އެބައިމީހުން ދުއްވާނޭ ތަކެތި އުފެއްދެވިއެވެ.

ސަޢުދީ ތަފްސީރު:
އަދި އެކަލާނގެ އެބައިމީހުންނަށްޓަކައި، އެބަހީ ފަހުން އަންނާނޭ މީހުންނަށްޓަކައި އެފަދަ ތަކެތި އުފެއްދެވިއެވެ. އެބަހީ އެ ނަވުގެ ބާވަތުގެ ތަކެތި އެބައިމީހުން ދުއްވުމަށްޓަކައި އުފެއްދެވިއެވެ. އެބައިމީހުންގެ ކާބަފައިން ނަވުގައި އުފުއްލަވައި ސަލާމަތްކުރެއްވިކަން ޛިކުރުކުރެއްވުމީ، އެބައިމީހުންގެ ދަރިފަސްކޮޅަށް ދެއްވި ނިޢުމަތެކެވެ.

މިއީ ކީރިތި ޤުރުއާނުގެ ތަފްސީރުގައިވާ އެންމެ މުހިންމު އެއް މަޤާމެވެ. ސަބަބަކީ ގިނަ މުފައްސިރުން ވިދާޅުވާ ގޮތުގައި ”ޛުއްރިއްޔާ“ (ދަރިފަސްކޮޅު) ގެ މާނައަކީ ކާބަފައިންނެވެ. ނަމަވެސް، ޤުރުއާނުގައި ދަރިފަސްކޮޅުގެ މާނަ ކާބަފައިންނަށް ނިސްބަތްކުރުމަކީ އާންމުކޮށް އޮންނަ ގޮތެއް ނޫނެވެ.

މީގެ އިތުރުން ”ޛުއްރިއްޔާ“ ގެ މާނައަކީ އިންސާނުންގެ ނސްލު ކަމަށް ބެލުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެބަހީ އާދަމުގެދަރިންނެވެ. ނަމަވެސް މި މާނަ ”އަދި އެކަލާނގެ އެބައިމީހުންނަށްޓަކައި އެފަދަ ތަކެތި އުފެއްދެވިއެވެ“ މި އާޔަތާ ފުށުއަރައެވެ. ސަބަބަކީ އޭރުން އެއް މާނައެއް ތަކުރާރުވަނީއެވެ.

މީގެ މާނައަކީ ޖަމަލު ފަދަ އެއްގަމު އުޅަނދުތައް ކަމަށް ބުނާނަމަ މާނަ ސާފުވެފައި ފާޅުކަން ބޮޑެވެ. ނަމަވެސް އޭރުން ބަހުގެ އޮއިވަރު އޮޅުންބޮޅުންވެދާނެއެވެ. ސަބަބަކީ އެ މާނަ މުރާދުކުރެއްވި ނަމަ، އާޔަތުގެ ޢިބާރާތް އަންނާނީ ”އަދި އެބައިމީހުންނަށް ހުރި ހެއްކަކީ، ތިމަންރަސްކަލާނގެ އެބައިމީހުން ނަވުގައި އުފުއްލެވުމެވެ. އަދި އެބައިމީހުން ދުއްވުމަށްޓަކައި އެފަދަ އެހެން ތަކެތި އުފެއްދެވުމެވެ“ މިފަދައިންނެވެ.

މި ލިޔުން ލިޔަމުންދިޔަ ވަގުތު، މާތްﷲގެ މުރާދާ ގާތްކުރާ މާނައެއް ފާޅުވިއެވެ. އެއީ މާތްﷲގެ ފޮތުގެ މަތިވެރިކަމާއި، މާޒީއާއި، ހާޒިރާއި، މުސްތަޤުބަލުގެ ހުރިހާ ކަމެއް އެފޮތުގައި ފުރިހަމައަށް ބަޔާންވެގެންވާ ކަމެވެ. ނޫޙުގެފާނުގެ ނަވަކީ އޭގެ ޒާތުގައި މަތިވެރި ހެއްކެކެވެ. އަދި އެކަލާނގެ އަޅުތަކުންނަށް އެފަދަ ތަކެތި އުފެއްދުމުގެ ޢިލްމު އުނގަންނައިދެއްވުމީ ގިޔާމަތާ ހަމައަށް ދެމިގެންވާ ނިޢުމަތެކެވެ.

ނުނިމޭ…

މިއީ surahquran.com ގައި ލިޔެފައިވާ ލިޔުމެއްގެ ދހިވެހި ތަރުޖަމާ އެވެ.

އާޔަތްތަކުގެ ދިވެހި ތަރުޖަމާ ނަގާފައިވާނީ tanzil.net އިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.