
ސްޕެއިނުން ކަނޑޫގެ ސަރަހައްދު ވަރުގަދަ ކޮށްފި
ސެއުތާގައި މަރުވި މީހުންގެ އަދަދު 72 އަށް އަރާފައިވަނިކޮށް، ސްޕެއިނުން ފެންމަތީގައި އޮންނަ ބެރިއަރ ފުރިހަމައަށް ޤާއިމުކޮށްފި އެވެ.
މޮރޮކޯއިން ގިނަ އަދަދެއްގެ މައިގްރަންޓުން އެތެރެވުމާ ގުޅިގެން ބޯޑަރުގެ ކަންކަން ވަރުގަދަކުރަމުންދާއިރު، އާދީއްތަ ދުވަހު ސްޕެއިނުން ވަނީ އުތުރު އެފްރިކާގައިވާ އެޤައުމުގެ ސެއުތާ އެންކްލޭވްގެ ކަނޑުގެ ސަރަހައްދުގައި ފެންމަތީގައި އޮންނަ ބެރިއަރއެއް ފުރިހަމައަށް ގާއިމުކޮށްފަ އެވެ.
ސެއުތާގެ ތަރަޖާލް ބީޗް ކައިރީގައި ބަހައްޓާފައިވާ މި ބެރިއަރއަކީ މިހާރު ފުރިހަމައަށް ބޭނުންކުރެވެމުންދާ އެއްޗެކެވެ.
މި ފިޔަވަޅަކީ ފަހަކަށް އައިސް ދިހަ ހާހަ ވުރެގިނަ މީހުން ފަތާފައި އެތެރެވުމާ ގުޅިގެން، ޤަވާޢިދާ ޚިލާފަށް ކަނޑުމަގުން އެތެރެވުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.
ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން އާދީއްތަ ދުވަހު ބުނެފައިވަނީ މި ޙާދިސާއާ ގުޅިގެން މަރުވި މީހުންގެ ރަސްމީ ޢަދަދު 72 އަށް އަރާފައިވާ ކަމަށެވެ.
މި ދަނޑިވަޅުގައި ސެއުތާގެ ސަރަޙައްދީ ސަރުކާރުން ބުނީ އެ ސިޓީގައި މިހާރު 88 ހަށިގަނޑު އެބައޮތް ކަމަށެވެ. އަދި އެ މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
މީހުން އައުން މަދުވި ނަމަވެސް، ސެއުތާގެ ޙާލަތު އަދިވެސް ރަނގަޅެއް ނުވެ އެވެ.
ފުލުހުންނާއި ސިފައިން އާދީއްތަ ދުވަހުވެސް މުޅި ސިޓީގައި ސެކިއުރިޓީ އޮޕަރޭޝަންތައް ކުރިއަށްގެންގޮސް، މަގުމަތިން ފެނުނު މީހުން ވަނީ ބަންދުކޮށްފަ އެވެ. އަތުލައިގަނެވުނު މީހުން ޑީޕޯޓްކުރުމުގެ މަރުޙަލާތައް ފެށުމުގެ ކުރިން އެއީ ކޮންބައެއްކަން ދެނެގަތުމަށްޓަކައި ވަނީ ފުލުހުންގެ މަރުކަޒުތަކަށް ގެންގޮސްފަ އެވެ.



