ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި މުދަލަށާއި މުހިންމު ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ތަކައިޗީ ސަނާއޭއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހަމްދަރުދީއާއި ތަޢުޒިޔާ ރައްދުކުރައްވާފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިޚުލާސްތެރި ތަޢުޒިޔާ ފޮނުއްވައި، އަނިޔާވެ، ގެދޮރު ގެއްލުނު އަދި މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، ލިބުނު ގެއްލުންތަކުން އަރައިގަނެ، ޤައުމު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާ ޖަޕާނުގެ ރައްޔިތުންނާއެކު ވާކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ޖަޕާނުގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އެދިވަޑައިގެން ހެޔޮ ދުޢާކުރައްވައި، ހިތްވަރާއި ސާބިތުކަން ލިބި، އަވަސް މުއްދަތެއްގެ ތެރޭގައި އެޤައުމު އާންމު ހާލަތަށް ރުޖޫޢަވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.