ލާލީގާގެ ރައީސް ޓެބާސް، ފީފާގެ ރައީސް އިންފަންޓީނޯ މަޤާމުން އިސްތިއުފާދެއްވުމަށް ގޮވާލައްވައިފި

ލާލީގާގެ ރައީސް ހާވިއާ ޓެބާސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަޤާމުން އިސްތިއުފާދެއްވުމަށް ގޮވާލައްވައިފި އެވެ.

ބައިނަލްއަޤްވާމީ މުބާރާތްތައް ފުޅާކުރުމުގެ ސަބަބުން ޑޮމެސްޓިކް ލީގުތަކާއި ކުލަބުތަކަށް ގެއްލުންވަމުންދާ ކަމަށާއި، އެއީ ”ފުޓުބޯޅަ އިންޑަސްޓްރީ ހަލާކުކޮށްލުން“ ކަމަށް ހާވިއާ ޓެބާސް ތުހުމަތުކުރައްވަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފީފާއިން މެޗުތައް ގިނަވަމުންދާ މައްސަލައާއި އަދި ވޯލްޑް ކަޕް އިތުރަށް ބޮޑުކުރުމަށް ރާވާފައިވާ ރޭވުންތަކަށް ޓެބާސް ވަނީ ތަކުރާރުކޮށް ފާޑުވިދާޅުވެފަ އެވެ.

އިޓަލީގެ ނޫހެއްކަމަށްވާ ލާ ގަޒެޓާ ޑެއްލޯ ސްޕޯޓްސް އަށް ދެއްވި އިންޓަވިއުއެއްގައި، އިންފަންޓީނޯ މަޤާމުން ދުރަށް ވަޑައިގަންނަވަންޖެހޭ ކަމަށް ޤަބޫލުކުރައްވަތޯ ސުވާލުކުރުމުން ޓެބާސް ވިދާޅުވީ، “ އާނއެކެ! އޭނާގެ ވަގުތު ހަމަވެއްޖެ“ ކަމަށެވެ.

އިންފަންޓީނޯ އެޕްރީލް މަހު ވިދާޅުވެފައިވަނީ 2027-2031 އަދި ކުރިއަށް އޮތް ދައުރަށް ފީފާގެ ރައީސްކަމަށް ހަތަރުވަނަ ފަހަރަށް ކުރިމަތިލައްވާނެ ކަމަށެވެ. އަދި މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު 18 ގައި މޮރޮކޯގަ އެވެ.

އިންފަންޓީނޯގެ ލީޑަޝިޕާ މެދު ފާޑުކިޔުންތައް އިތުރުވަމުންދާތީ، އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ޓެބާސް ވިދާޅުވީ، ކަންބޮޑުވުންތައް ހުރި ނަމަވެސް، ޤައުމީ ފެޑެރޭޝަންތަކުގެ މެދުގައި އިންފަންޓީނޯއަށް އޮތް ތާއީދު ބޮޑު ކަމަށެވެ.

ޓެބާސް ވަނީ ވޯލްޑް ކަޕްގައި ރަތް ކާޑެއް ދެއްކުމާ ގުޅިގެން އެމެރިކާގެ ފޯވަޑް ފޮލަރިން ބެލޮގުންއަށް ދިން އެއް މެޗުގެ ސަސްޕެންޝަން ފީފާއިން ފަސްކުރި ނިންމުމަށް ވެސް ސުވާލު އުފައްދާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.