އެމެރިކާއިން ހަމަލާތައް ހުއްޓާނުލައިފިނަމަ ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ފިލާވަޅެއްދޭނެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އިންޒާރު ދީފި

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އިހުތިރާމްގެ އެއްބަސްވުމާ (MoU) އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، ތެހެރާނާއި އެ ގައުމުގެ ސަރަހައްދީ ބައިވެރިންގެ ފަރާތުން އެމެރިކާއަށް ”ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ފިލާވަޅުތަކެއް“ ލިބޭނެ ކަމުގެ އިންޒާރު އީރާނުގެ މަތީ މަގާމުގައި ހުންނެވި ލީޑަރު ވަނީ ދެއްވާފައެވެ.

ހޮނިހިރު ދުވަހު އީރާނުގެ ދައުލަތުގެ ޓީވީން އިއްވި މުޖުތަބާ ޚާމަނާއީގެ ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ ވޮޝިންގޓަނުން ޚިލާފުވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮޔަކީ އެއްވެސް އަގަކާއި ބުރަދަނެއް ނެތް އެއްޗެއްކަން ހާމަވާ ކަމެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ބަޔާނުގައި ވިދާޅުވެފައިވަނީ ”ބޮޑު އިބިލީހުގެ“ (އެމެރިކާގެ) ފަރާތުން އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފުވުމުން، އެމެރިކާގެ ރައީސްގެ ސޮޔަކީ މިހާރު އެއްވެސް ބުރަދަނެއް ނެތް އެއްޗެއްކަން އަނެއްކާވެސް އެންމެނަށް ސާބިތުވެފައިވާ ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވުމާއި، އިސްތިއުމާރީ ވިސްނުމާއި، އަނިޔާވެރިކަމަކީ އެމެރިކާގެ އަގީދާގެ ތެރޭގައި ހިމެނޭ ވަކިނުކުރެވޭނެ ސިފަތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

”އެމެރިކާގެ ދުޝްމަނުން ހަނގުރާމަ ފަށައި، އިތުރު ގެއްލުންތަކާއި މަލާމާތާ ކުރިމަތިލާން ބޭނުންވާނަމަ،

އީރާނުގެ ލޮބުވެތި ރައްޔިތުންނާއި ”މުގާވަމާ“ (ރެސިސްޓެންސް ފްރަންޓް) އިން އެމެރިކާއަށް ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ފިލާވަޅުތަކެއް ދަސްކޮށްދޭން ތައްޔާރަށް ތިބިކަން އެމެރިކާއަށް އެނގެންވާނެ،“ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.

މި ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ އާންމު އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް، ފާލަންތަކާއި، ރޭލު ދަތުރުކުރާ މަގުތަކާއި، ފެން ފިލްޓަރުކުރާ ޕްލާންޓްތަކަށް ހަމަލާދީ ހަނގުރާމަ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އީރާނުން މިކަމަށް ރައްދުދީފައިވަނީ ކުވެއިތުގެ އާންމު އިންފްރާސްޓްރަކްޗަރަށް ކާމިޔާބު ހަމަލާތަކެއް ދީގެންނެވެ. މީގެ ސަބަބުން ކުވެއިތުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަރަންޓު އިގްތިސާދު ކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ފެބްރުއަރީ މަހު ފެށުނު އެމެރިކާ-އިސްރާއީލްގެ މި ހަނގުރާމައަކީ އީރާނުގެ އިސް ލީޑަޝިޕުން ދެކޭގޮތުގައި އެ ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ ނުރައްކާތެރި ހަނގުރާމައެކެވެ. ޓްރަމްޕްގެ ސަރުކާރުން ކުރަމުންދާ ޑިމާންޑްތަކަށް އީރާނުން ދޫދޭނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް އިރު، ސަރަހައްދީ ގައުމުތަކުން ދަނީ ސިއްރިއްޔާތުގައި މި ހަނގުރާމަ ހުއްޓުވުމަށް ބާރުއަޅަމުންނެވެ.

ޚާމަނާއީ ވިދާޅުވީ އެމެރިކާއިން މިހާރު ވަނީ އެ ގައުމުގެ ހަގީގީ ސޫރަ ދައްކާލާފައި ކަމަށާއި، އެމެރިކާގެ މަކަރުވެރިކަމާއި، ބުއްދިވެރިކަމެއް ނެތް ގޮތްކުޑަ ސިފަތައް ހާމަވެފައިވާ ކަމަށެވެ. އަދި ގައުމު ރައްކާތެރިކުރުމުގައި ލީޑަޝިޕަށް އިތުބާރު ކުރުމަށް އީރާނުގެ ރައްޔިތުންނަށް ގޮވާލައްވައި، ހަނގުރާމަ ކުރިއަށްދާ މި ދަނޑިވަޅުގައި ”ހޭލުންތެރިކަމާއި“ ”ހަރަކާތްތެރިކަން“ މަތީ ދެމިތިބުމަށް އެދިވަޑައިގެންނެވިއެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ ބައިވެރިއެއް ކަމަށްވާ ޔަމަނުގެ ހޫތީން، ރަތްކަނޑުގެ މުހިންމު މަގެއް ކަމަށްވާ ބާބުލް މަންދަބް ބަންދުކޮށްފާނެއެވެ. މިފަދަ ފިޔަވަޅެއްގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުން އަރައި، ތަކެތީގެ އަގު އުފުލި، ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕަށް ކުރިމަތިވާ ފިއްތުންތައް އިތުރުވާނެއެވެ.

މި ހަނގުރާމައަކީ އެމެރިކާގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލުކަން ކުޑަ އަދި އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ހަނގުރާމައެކެވެ. ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މިދިޔަ މަހު ސޮއިކުރި އެއްބަސްވުމުގެ މަގްސަދަކީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް މަގުފަހިކުރުމެވެ. ނަމަވެސް، އެއް ގައުމު އަނެއް ގައުމަށް އެއްބަސްވުމާ ޚިލާފުވި ކަމުގެ ތުހުމަތު ކުރުމަށްފަހު، ތެހެރާނާއި ވޮޝިންގޓަނުން މިހާރު ވަނީ އެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާނުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.