އޭ އައި ކޮންފަރެންސެއްގައި ޗައިނާގެ ރައީސް ވަހަކަ ދައްކަވައިފި

ޝަންހާއީގައި ބޭއްވި ބޮޑު ޓެކްނޮލޮޖީ ކޮންފަރެންސެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވާހަކަ ދައްކަވައިފި އެވެ.

މި ކޮންފަރެންސްގައި ޗައިނާއިން ވަނީ އެމެރިކާއާ ވާދަކުރެވޭ ފެންވަރުގެ ޒަމާނީ ޓެކްނޮލޮޖީތައް ދައްކާލާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ބާރުގަދަކުރުމަށް މި ދެ ޤައުމުގެ ދެމެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، އެއް ޤައުމުގެ ކުރިއެރުމަކީ އަނެއް ޤައުމު ހުއްޓުވަން ކުރާ މަސައްކަތެއްގެ ގޮތުގައި ދެ ޤައުމުންވެސް ދެކެ އެވެ.

ޝަންހާއީގައި ބޭއްވި ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޝީ ވިދާޅުވީ، އޯޕަން-ސޯސް އޭއައި އިން ލިބޭ ”ތާރީޚީ ފުރުޞަތުގެ“ ބޭނުން ހިފުމަށް ހުރިހާ ޤައުމަކަށް ގޮވާލައްވާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އޭއައިގެ ޓެކްނޮލޮޖީ ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމުގައި ޗައިނާއިން ދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ. އަދި އެފްރިކާ، ލެޓިން އެމެރިކާ، އަދި އޭޝިއާގެ ޤައުމުތަކާއެކު މި ދާއިރާއިން އެއްބާރުލުން ދިނުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”އޭއައި ތަރައްޤީކުރުމަކީ ހަމައެކަނި އެއް ޤައުމަކުން ކުރާ މަސައްކަތަކަށް ވެގެން ނުވާނެ. މިއީ ބައިނަލްއަޤްވާމީ ގޮތުން، އެކުގައި މަސައްކަތްކޮށްގެން ޙާޞިލުކުރަންޖެހޭ ކަމެއް،“ ޝީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޤައުމީ ސަލާމަތުގެ ނަމުގައި އޭއައިގެ ދާއިރާއަށް ހުރަސް އެޅުމާ ދެކޮޅު ކަމަށާއި، އޭއައި އަކީ އަބަދުވެސް އިންސާނުންގެ ބާރުގެ ދަށުގައި އޮންނަ، އިންސާނުންނަށް އިސްކަންދޭ ޓެކްނޮލޮޖީއަކަށް ވާންޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.