ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފި

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2014)އަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނަކީ، ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުން މި ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ސެޝަންތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށެވެ. 140 ދަރިވަރުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭ ކޮމިޓީގެ ފަރާތުންނެވެ.

މި ސެޝަންގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ގާނޫނު ހުއްދަކުރާކަމެއް ނޫންކަމަށާއި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވެސް މުވައްޒަފެއްގެ ނުގަބޫލުގައި އެހެން މީހަކު އެއްވެސް މުވައްޒަފަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކަމަށް ބެލެވޭ ބަސްތައް ބޭނުންކުރާނަމަ އަމަލުކުރަންޖެހޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ގާނޫނުގައި ހިމެނޭ، ވަޒީފާއަށް އެދި އަންނަ ފަރާތްތަކާއި ވަޒީފާގައި ދެމިހުރުމާއި ކުރިއަށް ދިޔުން އަދި ހައްގުތަކުން މަހުރޫމު ނުކުރުމުގެ އިތުރުން ވަޒީފާ ދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އެޅުމާއި ޖިންސީ ފުރައްސާރަކުރުމާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.