ޚަބަރު ފީތާ

މަރުކަޒީ ބޭންކުން ޑޮލަރުވިއްކަން ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) އިން މިއަދުން ފެށިގެން ޑޮލަރު ވިއްކަން ފަށައިފިއެވެ.

މަރުކަޒީ ބޭންކުން ބުނީ މިއަދުބް ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހާ ހަމައަށް އެމްއެމްއޭއިން ޑޮލަރު ވިއްކާނެ ކަމަށާއު އޭގެފަހުން ޑޮލަރު ވިއްކާނީ އެއަރޕޯޓްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުން ކަމަށެވެ.

ބަންދު ނޫން ކންމެ ދުވަހެއްގެ ހެނދުނު 09:00ން 18:00އަށް ޓިކެޓާއި ޕާސްޕޯޓް ހިފައިގެން ދިއުމުން ދިވެހި ކޮންމެ ދަތުރުވެރިޔަކަށް 500 ޑޮލަރު ލިބޭނެ ކަމަށާއި އެމްއެމްއޭއަށްދާ ފަރާތްތަކުގެ ޑޮކިއުމެންޓް ޗެކްކުރުމަށްފަހު ސްލިޕެއް ދޫކުރާނެ ކަމަށްވެސް މަރުކަޒީ ބޭންކުން ބުނެއެވެ.

Rate this post