ސެންޓްރަލް އޭރިއާ ކޮމާންޑުން ދެ ސްކޫލެއްގެ ދަރިވަރުންނަށް ’ޓީމް ބިލްޑިންގ‘ ހަރަކާތެއް ކުރިއަށްގެންގޮސްފި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން، ލ.ގަމުގައި ހުންނަ ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލާއި އައްޑޫ ހައި ސްކޫލުގެ ދަރިވަރުންނަށް، ’ޓީމް ބިލްޑިންގ‘ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ލ.ގަން، ރިވަރީސް ބީޗް ސަރަހައްދުގައި ޖޫން 27ވަަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ލ.ގަމުގައި ހުންނަ ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ ގްރޭޑް 11 އަދި 12ގެ ދަރިވަރުންނަށާއި، ތަޖުރިބާ ދަތުރެއްގައި އެ ސްކޫލަށް ޒިޔާރަތްކޮށްގެން އުޅޭ އައްޑޫ ހައި ސްކޫލުގެ ގްރޭޑް 11 އަދި 12ގެ ދަރިވަރުން ބައިވެރިވިއެވެ. މި ދެ ސްކޫލުން ޖުމްލަ 70 ދަރިވަރުން މި ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ.
ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނުވައި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި ’ބިލްޑަރސް އެންޑް ބުލްޑޯޒަރސް‘ އާއި، ’ހޫޕް ރޭސް‘ އަދި ’ކަލަރ މެޗިންގ‘ ފަދަ ޝައުޤުވެރި ޓީމް ބިލްޑިންގ ގޭމްތައް ހިމަނާފައިވެއެވެ.
ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ އެދިލެއްވުމަކަށް ހިންގި މި ހަރަކާތްތައް ރާވައި ހިންގުމުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އެކި ކޮމްޕޯނަންޓުތަކުގެ ސިފައިންނާއި، 16ވަނަ ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރ ކޯހުގެ މުދައްރިބުން ޢަމަލީގޮތުން ހަރަކާތްތެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.