ހޫނުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

މި ދުވަސްކޮޅަކީ އަނެއްކާވެސް ހޫނުގަދަ ދުވަސްވަރެކައްވުމުން، ހޫނުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިހެން އިލްތިމާސްކޮށްފައިވަނީ، އެ އިދާރާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓަކުންނެވެ.
މި ދުވަސްކޮޅު އިހުސާސް ކުރެވޭނެ ކަމަށް ލަފާކުރާ ފިނިހޫނުމިން އެންމެ މަތީ ކައްދޫގައެވެ. ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން 39.5 ގައި ހުރިއިރު، ހަނިމާދޫގެ ހުރީ 39 އެވެ. މީގެ އިތުރުން، ކާޑެއްދޫ ގައި އިހުސާސް ކުރެވޭހޫނުމިން ހުރީ 37 ގައެވެ. އަދި އައްޑޫ ގަމުގަ އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 37.4 ގައެވެ.
ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސާ ބޯއަނބުރައި، އަކުނިވަޔަށްދެމުމުގެ އިތުރުން ވަރުދެރަވެ ލޮލަށް ގެއްލުން ލިބުމަށް މަގުފަހިވެއެވެ. އެގޮތުން، ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނަގައި، ކުދި ރަތް ބިހިތައް ހަންގަނޑުގައި ނަގާނެއެވެ. އެގޮތުން، އެޗްޕީއޭއިން ވަނީ ހޫނުގަދަވުމުގެ ސަބަބުން މިފަދަ އަލާމަތްތައް ފެންނަނަމަ އަވަހަށް ސިއްހީ އެހީ ހޯދުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން، ހޫނުގަދަވުމުގެ ސަބަބުން ނުރައްކާވާ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި، ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުންގެ އިތުރުން، އަވީގައި ގިނަ ވަގުތު މަސައްކަތްކުރާ މީހުން ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.