ޚަބަރު ފީތާ

ޓީއެފްޖީ ލޯންގް ރަން 2017 އިފްތިތާޙުކުރުން މާދަމާ ހުޅުމާލޭގައި..

ޓީއެފްޖީން މި އަހަރު ބޭއްވި ލޯންގ ރަންގެ ތެރެއިން

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ލޯންގް ރަން ސިލްސިލާގެ އަންނަ އަހަރުގެ ދުވުން އިފްތިތާޙު ކުރުން މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މާދަމާގެ ދުވުމަކީ ހަމައެކަނި ލޯންގްރަން އޮންނާނެކަން އަންގައިދިނުމުގެ ގޮތުން ބާއްވާ ދުވުމެއް ކަމަށާއި މާދަމާ އޮންނާނީ ޓީއެފްޖީގެ މެމްބަރުންގެ މެދުގައި ބާއްވާ ހާފް މެރަތަން (21 ކިލޯމީޓަރ) ދުވުމެއް ކަމަށް ޓީއެފްޖީން ބުންޏެވެ.

މިދުވުމާއި ބެހޭގޮތުން ޓީއެފްޖީން ބުނީ އަންނަ 2017 ވަނަ އަހަރުވެސް ޓީއެފްޖީގެ ލޯންގް ރަން އޮންނާނީ އޭޕްރީލް މަހުގައި ކަމަށެވެ.

އަދި އެ ދުވުން އޮންނާނީ އޭޕްރީލް 14 ވަނަ ދުވަހު ހުޅުމާލޭގައި ކަމަށާއި އަންނަ އަހަރުގެ ދުވުމުގައިވެސް ބާއްވާނީ 4 ކެޓަގަރީ ކަމަށެވެ. އެގޮތުން ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް އޮންނާނީ ފުލް މެރަތަން (42 ކިލޯމީޓަރ) އާއި ހާފް މެރަތަން (21 ކިލޯމީޓަރ) އާއި 10 ކިލޯމީޓަރާއި 5 ކިލޯ މީޓަރެވެ.

2013 ވަނަ އަހަރުން ފެށިގެން ޓީއެފްޖީއިން ބާއްވަމުން އަންނަ ލޯންގްރަން ހުޅުމާލޭގައި ބޭއްވުމުގެ މަޤުޞަދަކީ މާލޭގައި އުޅޭ ރައްޔިތުންވެސް ޢާއިލާ ނުވަތަ ރައްޓެހިންނާއެކު ހުޅުމާލެއަށްގޮސް އެމާޙައުލުގެ އުފާހޯދުމާއި ލޯންގްރަންއަކީ ފުރިހަމަ އިވެންޓަކަށް ހެދުންކަމަށެވެ.

އަންނަ 2017 ވަނަ އަހަރުގެ ލޯންގް ރަންގައި ރަޖިސްޓްރީވުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް ޓީއެފްޖީން ބުންޏެވެ.

 

 

 

Rate this post