
ތުރުކީގެ ވައިގެ ސަރަހައްދަށް މިސައިލް ފޮނުވާލުމާ ގުޅިގެން އީރާނުގެ ސަފީރު ހާޒިރުކޮށްފި
ތުރުކީގެ ވައިގެ ސަރަހައްދަށް މިސައިލް ފޮނުވާލުމާ ގުޅިގެން، އީރާނުގެ ސަފީރު ހާޒިރުކޮށްފި ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަނީ އަންކާރާގައި ހުންނަވާ އީރާނުގެ ސަފީރު ހާޒިރުކޮށް، އީރާނުން އެ ޤައުމުގެ ވައިގެ ސަރަހައްދަށް ބެލިސްޓިކް މިސައިލެއް ފޮނުވާލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބުދަ ދުވަހުގެ ކުރީކޮޅު އީރާނުން ތުރުކީގެ ވައިގެ ސަރަހައްދަށް ފޮނުވާލި މި މިސައިލް، ނޭޓޯ ގެ އެއާ ޑިފެންސް ސިސްޓަމްތަކުން ވަނީ ހަލާކުކޮށްލާފަ އެވެ.
މިއީ ނޭޓޯގެ މެންބަރު ޤައުމެއް މި ހަމަނުޖެހުމުގެ ތެރެއަށް ވަދެގަންނަން ޖެހުނު ފުރަތަމަ ފަހަރެވެ. މި މަޢުލޫމާތު ދީފައިވަނީ ތުރުކީގެ ޑިޕްލޮމެޓިކް މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިންނެވެ.



