ޚަބަރު ފީތާ

ސަރަޙައްދުގެ އެހެންޤައުމުތަކުގެ ބޭންކު ތަކަށްވުރެ ބީއެމްއެލް އުޅެނީ ބޭންކިންގ ދާއިރާގައި ކުރީގަ: އެންޑްރޫ ހީލީ

ފައިލް ފޮޓޯ

އޭޝިއަން ބޭންކަރޒް އެސޯސިއޭޝަންގެ (އޭބީއޭ) ގެ އަހަރީ ޢާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖެއަކީ ވިޔަފާރިއަށް މީހުން ޝައުޤުވެރިވާފަދަ ޤައުމެއް ކަމަށާއި ޓެކްސް އަދި ޝަރުޢީ ގޮތުން ވިޔަފާރިއަށް ފަހި މާޙައުލެއް ރާއްޖޭގައި އެބައޮތް ކަމަށެވެ.

އަދި ރާއްޖޭގެ މާލީ ދާއިރާގައި ވާދަވެރިކަން އިތުރުވެ ސޮވަރިންގ ކްރެޑިޓް ރޭޓިންގ އެއްލިބި، ސްޓޮކް އެކްސްޗޭންޖް ކުރިއަރައި ގޮސްފައިވާކަން އެއީ ރާއްޖެއަށް ލިބިފައިވާ ބޮޑު ކުރިއެރުންތަކެއް ކަމަށެވެ.

ބޭންކުގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ވޭތުވެދިޔަ 2 އަހަރު ކޮންމެ އަހަރަކު 10 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ތަރައްޤީވަމުން އަންނަ ކޮންމެ ޤައުމަކަށްވެސް ހަރަކާތްތެރި، ވާދަވެރި ބޭންކިންގ ދާއިރާއެއް މުހިއްމު ކަމަށެވެ.

 

 

Rate this post