ގދ. ރަތަފަންދޫއިންއެ އަތޮޅު ނަޑެއްލާއަށް ދިޔަ ދެމީހުންގެ ތެރެއިން އެކަކު ގެނބިގެން މަރުވެއްޖެއެވެ.
ނަޑެއްލާ ކައުންސިލުން ބުނީ ފަރުމަތިން ހިނގާފައި ގދ. ރަތަފަންދޫއިން އެ އަތޮޅު ނަޑެއްލާއަށް ދެ މީހަކު ދަނިކޮށް އޭގެ ތެރެއިން އެކަކު މަރުވި ހާދިޘާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މަރުވެފައިވަނީ ނަޑެއްލާ، ނޫރަންވިލާ، ޢުމުރުން 31 އަހަރުގެ މުހައްމަދު ރަޝީދު ކަމަށެވެ.
ގދ. ތިނަދޫން ފުލުހުންގެ ޚާއްޞަ ޓީމެއް އެރަށަށް ގޮސް އެ މައްސަލަ ތަޙްޤީޤް ކުރުމުގައި ހަރަކާތްތެރި ވަމުން އަންނަ އިރު، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމެއްވެސް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ނަޑެއްލާ ކައުންސިލުން ބުންޏެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ގދ. ރަތަފަންދޫއިން ހިނގާފައި ނަޑެއްލާއަށް ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ގެނބިގެން މަރުވި ކަމަށް ހުށަހެޅިފައިވާ މައްސަލައެއް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.