ސްރީލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދެބަފައިން ނިޔާވެއްޖެ

އަވަށްޓެރި ސްރީލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދެބަފައިން ނިޔާވެއްޖެއެވެ.

އެ އެކްސިޑެންޓުގައި ނިޔާވެފައިވަނީ ޢާއިލާއާއެކު އެ ޤައުމުގައި ދުރުއުޅެމުން އަންނަ ހދ. ކުޅުދުއްފުށީ ބަބޫގޭ އުމުރުން 29 އަހަރުގެ ޙަސަން ޢަލީ އާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭގައި ހުރި އެ ޢާއިލާގެ މީހަކު ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ޢާއިލާ އާއެކު ޕިކަޕުގައި ދުއްވާލަން ނިކުމެ އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ. އަދި ހަސަން އާއި އޭނާގެ ދަރިފުޅު ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށާއި އެ ހާދިޘާގައި އެ އާއިލާގެ ދެން ތިބި މެމްބަރުންނަށް ލިބުނު ގެއްލުންތައް ސާފުނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

ޢާއިލާ އާއެކު މީގެ ދެ އަހަރު ކުރިން ލަންކާއަށް ދިރިއުޅުން ބަދަލުކުރި ޙަސަން އެ ޤައުމުގައި ވަޒީފާ އަދާކުރަމުން އަންނަ އިރު، ހަސަން މަރުވިއިރު އޭނާގެ އިތުރު އަންހެން ކުއްޖަކުވެސް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ އެފަދަ ހާދިޘާއެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ރަސްމީކޮށް އަދިނުލިބޭ ކަމަށާއި އެހެންނަމަވެސް މިހާރު އެކަން ނަލަމުން އަންނަ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.