މިމަހުގެ 20 ވަނަދުވަހު ބޭއްވުމަށް ހަޖެޖިފައިވާ އެފްއޭއެމްގެ އިންތިޚާބުގައި ތިން ވަނަ ޑިވިޒަނުން ވޯޓްލާނެ ކުލަބަކަށް ކުޑަހެންވޭރު ޔުނައިޓެޑް ހޮވިއްޖެއެވެ.
އެފްއޭއެމް ހައުސްގައި ރޭ ބޭއްވި ޕްރައިމަރީ ކުޑަހެންވޭރު ޔުނައިޓެޑުން ކާމިޔާބު ކުރީ އެމްއެސްހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އާއި ވާދަކޮށެވެ.
6 ވޯޓު ދެ ވޯޓުން ކުޑަހެންވޭރު ޕްރައިމަރީ ކާމިޔާބުކުރިއިރު މި ޕްރައިމަރީގައި 10 ކުލަބަކުން ވޯޓް ލާފައިވެއެވެ.
މި އިންތިޚާބުގައި އެއްވަނަ ޑިވިޒަނުގެ އަށް ކުލަބަކުން ކޮންމެ ކްލަބަކުންވެސް ދެ ވޯޓުލުމުގެ ފުރުސަތު ލިބިފައިވާއިރު ދެވަނަ ޑިވިޒަނުން ހަތް ކުލަބު އަދި ތިން ވަނަ ޑިވިޒަނުން ކުޑަހެންވޭރު ވޯޓްލާނެ އެވެ.
މިމަހުގެ 20 ގައި އެފްއޭއެމް އިންތިޚާބު ބޭއްވޭއިރު މި އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ ބައްސާމް އަދީލް ޖަލީލް އަދި އަހުމަދު ތޯރިގު (ޓޮމް) އެވެ.