ޚަބަރު ފީތާ

އަންނަ ޑިސެމްބަރ މަހު އައްޑޫސިޓީ ގަމުން ކޮލަމްބޯއަށް ދަތުރުތައް ކުރެވޭނެ: އިމިގްރޭޝަން

އައްޑޫސިޓީ ގަމުން ކޮލަމްބޯއަށް ދަތުރުތައް ކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އެ އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫސިޓީ އާއި ކޮލޮމްބޯ އާއި ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އެނގުނީ މީޑީއާ މެދުވެރިކޮށް ކަމަށެވެ.

އަދި އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން ހަމަޖެއްސުމަށް އެ އިދާރާ އިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފުރިހަމަނުވެ ހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ކޮންޓްރޯލް ފޯ އެކްސްޕެޓްރިއެޓް ވޯކަރސް އެންޑް ލޯކަލްސްގެ އޮޓޮމޭޓެޑް ސިސްޓަމުގެ ކަންކަން ކަމުން އެކަންތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އަންނަ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން އޮޕަރޭޓްކުރާ ޝެޑިއުލް ފުލައިޓުން ދަތުރުކުރައްވާ ދިވެހީންނާއި ފަތުރުވެރީންނަށް އިމިގްރޭޝަން ކުލިއަރަންސް ޚިދުމަތްތައް ދެވޭވަރަށް އިމިގްރޭޝަނުން ވާންޖެހޭ ތައްޔާރީތައް ވާނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށްދޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އިމިގްރޭޝަނުން ކުރިން ބުނެފައިވަނީ އައްޑޫސިޓީ އާއި ކޮލޮމްބޯ އާއި ދެމެދު ދަތުރުތައް ފަށަން ހުއްދަ ދީފައި ނުވާނޭ ކަމަށާއި މީޑިއާ މެދުވެރިކޮށް އެފަދަ ޚަބަރުތައް ފަތުރަނީ އިމިގްރޭޝަންގެ އަގުވައްޓާލުމަށް ކަމަށް ބުނެފައެވެ. އަދި އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

 

Rate this post