ޚަބަރު ފީތާ

ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

ލޭގައި މިރޭ ތޫނު އެއްޗަކުން ޙަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ އެ ހާދިޘާ ހިނގާފައިވަނީ މިރޭ 20:50 އެހާކަންހާ އިރު، އިސްލާމިކް ޔުނިވަރސިޓީ ސަރަހައްދުން ކަމަށެވެ.

އަދި ޙަމަލާގައި ޒަޚަމްވެފައިވަނީ ފިރިހެނަކަށް ކަމަށާއި އަނިޔާ ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން އަންނަކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ޒަޚަމްވި މީހާއަށް އޮޕަރޭޝަން ތިއޭޓަރގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިރޭގެ މަރާމާރީއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މާލޭގައި މާރާމާރީ ހިންގުން ދުވަސްކޮޅަކަށް މަޑުޖެހިލާފައި އޮތުމަށްފަހު މިމަހުގެ 7 ވަނަ ދުވަހުގެ ރެއިން ފެށިގެން މާލޭގައި އަންނަނީ ސިލްސިލާކޮށް މަރާމާރީ ހިންގަމުންނެވެ. މިމާރާމާރީތަކުގެ ތުހުމަތުގައި މީގެ ކުރިން ފުލުހުން ވަނީ 17 މީހަކު ހައްޔަރުވެސް ކޮށްފައެވެ.

 

Rate this post