ޚަބަރު ފީތާ

އުރީދޫގެ ކަސްޓަމަރުންނަށް ބަންގްލާދޭޝްއަށް ގުޅުމަށް ޚާއްޞަ ޕްރޮމޯޝަނެއް..

ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ މުއާސަލާތީ އެއްކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އިން ބަންގްލަދޭޝްއަށް ގުޅާލެވޭ އެންމެ ހެޔޮއަގު ތަޢާރަފްކޮށް އުރީދޫގެ ކަސްޓަމަރުންނަށް އަނެއްކާވެސް ހިނިތުންވުން ގެނެސްދީފިއެވެ.

މިގޮތުން އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ވަގުތެއްގައިވެސް އެންމެ އަގުހެޔޮ އައިޑީޑީ ރޭޓް ބޭނުންކުރައްވައިގެން މިނިޓަކު އެންމެ 0.69ރ. އަށް ބަންގްލަދޭޝްގައި ގުޅުއްވާ ރައްޓެހިންނަށާއި ގާތްތިމާގެ މީހުންނަށް ގުޅާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ނޮވެމްބަރ މަހުގެ ނިޔަލަށް ދެމިގެންދާ މި ޚާއްޞަ އޮފަރ ބޭނުން ކުރެއްވުމަށް، 011 + 880 + ފޯން ނަންބަރު ޖެއްސެވުމުން ފަސޭހަކަމާއިއެކު ބަންގްލަދޭޝްގައިވާ ޢާއިލާގެ މެމްބަރުންނަށާއި ރައްޓެހިންނަށް ވަރަށް ހެޔޮ އަގުގައި ގުޅާލެވޭނެއެވެ.

އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި ޕްރޮމޯޝަން ބޭނުން ކުރައްވައިގެން ކުރައްވާ ކޯލްތަކުގެ އެންމެ ފުރަތަމަ މިނެޓަށް 0.84ރ. ގެ ރޭޓުން ޗާރޖުކުރާ އިރު، އެންމެ ފުރަތަމަ މިނެޓަށްފަހު ޗާރޖް ކުރާނީ އެންމެ 0.69ރ. ގެ ރޭޓުންނެވެ.

 

Rate this post