ޚަބަރު ފީތާ

ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (9)

 

ހީކުރާ ގޮތް ކަމުގެ ހަޤީޤަތް
ރިޔާސީ ނިޒާމެއް ހިންގޭނީ ކޯލިޝަނެއް ހެދިގެންނެވެ. ރިޔާސީ ނިޒާމެއްގައި ކޯލިޝަންގެ ބޭނުމެއް ނުހިފޭނެއެވެ. ނުވަތަ ކޯލިޝަންއަކަށް އޮންނަ ފުރުޞަތު ރިޔާސީ ނިޒާމުގައި ވަރަށް ހަނިވާނެއެވެ.
ގިނަޕާޓީތަކެއް އޮންނަ ކޮންމެ ޤައުމެއްގައި ކޯލިޝަން ހަދަންޖެހޭނެއެވެ. އަދި ވެރިކަން ކުރާނީ ކޯލިޝަން އަކުންނެވެ. ކިތަންމެ ގިނަޕާޓީތަކެއް ހުރިނަމަވެސް ޕާޓީ ނިޒާމާއި ވޯޓުދޭ ނިޒާމާއި އޮންނަ ގޮތެއްގެ މަތިން ނޫނީ ކޯލިޝަން ހަދާކަށް ނުޖެހޭނެއެވެ.
ކައުންސިލަރަކަށް ވުމަކީ ސިޔާސީ މައިދާނަށް ވަދެ މީހުންގެ ރުހުން ހޯދަން ވަރަށް ފަސޭހަ ގޮތެކެވެ. ސިޔާސީ މައިދާނަށް ފުންކޮށް ވިސްނާމީހަކު ރައްޔިތުންނަށް ސީދާ ޚިދުމަތްދޭ ވަޒީފާއެއް ހިޔާރެއް ނުކުރާނެއެވެ. އެއީ އެކަމުން ގިނަފަހަރަށް ބަދުނާމުވެ ތިމާ އަށް އޮންނަ އިތުބާރު ގެއްލިދާނެތީއެވެ.
ވޯޓު އޮޅުވާ މީހުން އަބަދުވެސް ވޯޓު އޮޅުވާލެވޭ ގޮތެއް އޮތްތޯ ބަލާނެއެވެ. ވޯޓް އޮޅުވާ އެކަންކޮށް ކޮށް ފޫހިވެ ދެން އެހެންގޮތަކުން ނަތީޖާ ބަދަލުވޭތޯ ބެލުމަކީ ވޯޓްއޮޅުވާ މީހުން މިހާރު ދެން ކަންކުރަން ހަމައެކަނި އޮތް ފުރުޞަތެވެ. އެހެނީ ވޯޓް ފޮށި ބަލަހައްޓާ ގުނަނީ ކުރިން ވޯޓް އޮޅުވާ މީހުންނެއްނޫނެވެ.
ވޯޓްލިއަސް ނުލިއަސް ހޮވޭނީ ހަމަ ހޮވެންވާ މީހާއެވެ. ވޯޓެއްނުލައިފިނަމަ އެކަކުވެސް ނުހޮވޭނެއެވެ.
ސިއްރުވޯޓެއް ލުމަށްފަހު އެކަން ސިއްރުކޮށްފައި ނުބާއްވައިފިނަމަ އެ ސިއްރުވޯޓަކަށް ނުވާނެއެވެ. ވޯޓްލާހިނދު އެއީ ސިއްރު ވޯޓެކެވެ. އެގުނާ ހިސާބުން އެސިއްރު ފާޅުވީއެވެ.
Rate this post