ސަލާންޖަހަމުން ދިޔަ ފަޤީރު އަމާނާތްތެރިޔާ

އަމާނާތްތެރި ކަމަކީ އިންސާނުންގެ ތެރެއިން މާތް މީހުންގެ ކިބައިގައި ހުންނަ މަތިވެރި ޞިފައެކެވެ. ވަކިފަންތިއަކާއި ގިންތިއަކަށް އޮތް ކަމެއް ނޫނެވެ. މިއީ ސަލާންޖަހަން މަގުމަތީ އުޅުނު ފަޤީރެއްގެ އަމާނާތްތެރިކަން ފެނި ކިޔަވައިދޭން އުޅޭ ޓީޗަރަކު އަޖައިބުކުރުވި ޙަޤީޤީ ޙާދިސާއެކެވެ.

މެންދުރު ކުރީގެ މަސައްކަތް ނިންމާލުމަށްފަހު ޓީޗަރު ބެންކަށް ދިޔައީ ގޭގެ ކަރަންޓު ބިލު ދައްކާށެވެ. ބެންކާއި މދުރުނޫން ހިސާބެއްގައި ކާރު ޕާރކުކޮށްލުމަށްފަހު ކާރުން ފޭބޭހައިވެސް ނުވަނީސް ސަލާންޖަހާމީހަކު އައިސް އަތްދިއްކޮއްލުމުން އޭނާއަށް 10 ރުޕީސްގެ ނޫޓެއް ދީފައި ޓީޗަރު އަވަސްވެގަތީ ބެންކާ ދިމާއަށް ދިއުމަށެވެ. އެހިސާބަށް ދެވުނުއިރު ބެންކުގެ ބޭރުގައި ސަފުހަދައިގެން 15 ވަރަކަސް މީހުން ތިިއްބެވެ. އެތަނުގައި މީހުން ގިނަކަމުން މާޔޫސްކަންވެސް ލިބުނެވެ. އެއީ މެންދުރު ފަހު ކިޔަވަދޭ ކިލާހަށް ގަޑި ޖެހި ދާނެތީއެވެ. ނުވަތަ ލަސްވުމުގެ ސަބަބުން ކިލާހަށް އެއްގޮތަކަށްވެސް ނުދެވިދާނެތީއެވެ. ކޮރޯނާއިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބެންކުތެރެއަށް މީހުން ވައްދަނީ  ވަކި ޢަދަދަކަށެވެ. ނިކުންނަ ކޮންމެ މީހަކަށް މީހަކު އެތެރެއަށް ވަންދަމުން ދިޔައެވެ. މީހަކު ނިކުންނަނީ ވަރަށް ލަހުންނެވެ. އެހެންކަމުން ޓީޗަރުގެ އިންތިޒާރު ދިގުވެ ކްލާސް ގަޑި ފެށެންވާއިރަށް ނުދެވިދާނެ ކަމުގެ ބިރުބޮޑުވާން ފަށައިފިއެވެ. އަވަސް ކުރެވެން އޮތް ހުރިހާ ކަމެއް ޓީޗަރު ދިޔައީ ކުރަމުންނެވެ. 5000 ރުޕީސްގެ ނޫޓެއްނަގާ ބިލާއެކު ހިފައްޓައިގެން ހުރީ އެތެރެއަށް ވަދެވުމާއިއެކު ކައުންޓަރަށް އަވަހަށް ފައިސާވެސް ދެވޭތޯއެވެ.

އިޝްތިހާރު Below Header ad

ކްލާހު ފެށެން 15 މިނެޓެއްހާއިރަށް ވަގުތު ކުޑަތަން ވީއިރުވެސް ކިއުގައި ހުންނަންޖެހުނު ޓީޗަރަށް ވިސްނުނީ، ކިލާހާ ދިމާއަށް މިވަގުތު މިސްރާބު ނުޖަހައިފިނަމަ ކުދިންގެ ކިޔެވުން ގެއްލޭނެ ކަމެވެ. އެހެންކަމުން ބިލުދެއްކުން ފަސްކޮށްލައި، ކިޔަވައިދޭ ތަނަށް ދިއުމުގެ ނިޔަތުގައި ކާރާދިމާއަށް ހިނގައިގަތެވެ. ވަރަށް ބާރު ދުވެއްޔެއްގައި ހިނގަންފެށި ޓީޗަރަށް ފެނުނީ އޭނާ އަތުން ފައިސާ ހޯދި ފަޤީރުމީހާ ބެންކާ ދިމާއިން ދުވާރުމަތީ އިށީނދެ ލައިގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިންތަނެވެ. މާބޮޑު ސަމާލުކަމެއް ނުދީ އެދިޔަ ބާރުމިނުގައި ޓީޗަރު ދިޔައީ ޕާކިންގައި އޮތް ކާރާދިމާއަށް ނަޒަރު ހުސްކޮށްގެންނެވެ. ފަޤީރު މީހާ ހުރަސްކޮށް ދުވާރުމަތިން ކުޑަކޮށް ކުރިއަށް ދެވޭއިރަށް އޭނާ ގޮވާލިހެން ޓީޗަރަށް ހީވިއެވެ. އެހެނަސް އެއްވެސް ސަމާލުކަމެއް ނުދީ ދާތީވެ، ފަޤީރުމީހާ ތަންކޮޅެއް ބާރަށް ބުންޏެވެ. “އެއޮތީ ތިބާގެ ފައިސާ ވެއްޓިފައި!” ޓިޗަރު އެނބުރި ބަލައިލިއިރު އޭނާ އަތަށްލައިގެން އުޅުނު 5000ރުޕީސް އެއޮތީ ފަޤީރުމީހާގެ ކުރިމައްޗަށް ވެއްޓިފައެވެ. އޭނާ އެއްވެސް ބަހެއް ނުކިޔާ އެފައިސާ ފޮރުވިނަމަވެސް އެނގޭނެ އެއްވެސް އިންސާނެއް ނުހުންނާނެވެ. ގެއާހަމައަށް ދެވެންދެން ޓީޗަރުވެސް އޭގެމަތިން ހަނދާނެއް ނުވާނެވެ.

ފަޤީރު މީހާގެ މިކަންތަކަށް ޢަޖައިބުވެފައި ޓީޗަރަށް ހުއްޓުން އެރިއެވެ. ބުނާނެ ހަމަ އެކަށްޗެއްވެސް ނޭނގިފައި އެމީހާއާއި ދިމާއަށް ބަލަހަށްޓައިގެން ޓީޗަރަށް ހުރެވުނެވެ. އެނޫޓަށް އިޝާރާތް ކުރަމުން ފަޤީރުމީހާ ހީލާފައިބުނީ “އެ އޮތީ ދެންމެ ތިބާގެ އަތުން ވެއްޓުނު ފައިސާގެ ނޫޓެއް” އޭނާ އެނޫޓަކު އަތެއްވެސް ނުލައެވެ. ޓީޗަރު އަމިއްލައަށް ފައިސާ ނަގައިގެން ދިޔައީއެވެ. ފަޤީރު މީހާގެ އަމާނާތްތެރިކަމާއިމެދު އަންތަރީސްވެ ޓީޗަރު ހިތަށް އަރަމުން ދިޔައެވެ. ފައިސާއަށް ބޭނުންޖެހިފައިވާ އެމީހާ އަމަނާތް ތެރިކަމާއެކު ތިމަނާއަށް ގޮވީ ކީއްވެބާއެވެ؟

ފަޤީރުކަމާއެކު ސަލާންޖަހަން އުޅުނަސް އަމިއްލަ ނަފްސަށް އިޚްލާޞް ތެރިވާ މީހުންނަކީ އަމާނާތް ތެރިންނެވެ. އެ ޓީޗަރުވެސް އޭނާގެ ދަރިވަރުންނާއި މެދު އަމާނާތްތެރިކަން އިސްކުރިއެވެ. އޭނާގެ ބޮލުގައި އެޅިފައިވާ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ ޒިންމާއަށް އަމާނާތްތެރި ވުމަށްޓަކައި އަމިއްލަ މަސްލަޙަތު ފަސްކުރިއެވެ. ރަނގަޅު މީހުންނަށް އަބަދުވެސް ރަނގަޅު ގޮތް މެދުވެރި ކުރައްވާނެކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ. އަމާނާތްތައް އޭގެ އަހުލުވެރިންނާއި ޙަވާލުކުރުމަށް މާތްﷲ ވަނީ އަންގަވާފައެވެ. ﴿إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرًا﴾ ) سورة النساء :٥٨( މާނައީ:- “ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكمކުރާނަމަ، عدلއަށް حكم ކުރުމަށްވެސް، أمرކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.